ޔޫއެސްބީ-ސީ ފޯޓް އައިފޯން 15 އަށް އިތުރު ކުރިޔަސް އީޔޫގެ ނިންމުންތަކާ އެޕަލް ދެކޮޅު
އައިފޯން 15 އަށް އެޕަލް އިން ރާވާފައިވާ ޔޫއެސްބީ-ސީ ޕްލޭންތަކަކީ ގާނޫނާ ހިލާފު ޕްލޭނަކަށް ވެދާނެ ކަމަށް އަޑު ފެތުރިއްޖެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެޕަލް އިން ލައިޓްނިން ޕޯޓް ދޫކޮށްލައި، އައިފޯން 15 ގެ ކުރިއަށް އޮތް މޮޑެލްތަކަށް ޔޫއެސްބީ-ސީ އެޑޮޕްޓް ކުރަން ނިންމައިފި އެވެ. ނަމަވެސް 2024 ވަނަ އަހަރުގެ ކުރިން ޔޫރަޕުގައި ވިއްކާ ޑިވައިސްތަކުގައި ކޮމަން ޗާޖިން ޕޯޓެއް ހަދަން ޖެހޭ ގޮތަށް ގާނޫނެއް ފާސްކޮށްފައިވާ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މިކަމަށް ގާނޫނީ ގޮތުން ގޮންޖެހުންތަކެއް ކުރިމަތިވެދާނެ އެވެ.
އަޑުތައް ފެތުރިފައިވާ ގޮތުގައި އެޕަލް އިން ހަމައެކަނި ޔޫއެސްބީ-ސީ އަށް ބަދަލުވުމުގެ އިތުރުން ޗާޖަރާއި ކޭބަލް އަދި އެހެނިހެން ސާމާނު އުފައްދާ ކުންފުނިތަކުން އެ ކުންފުނީގެ މޭޑް ފޯ އައިފޯން (އެމްއެފްއައި) ޕްރޮގްރާމުގައި އެ މީހުންގެ އުފެއްދުންތައް ރަޖިސްޓްރީ ކުރަން ޖެހެ އެވެ. މިކަމުގެ ސަބަބުން ކޮމްޕެޓިބިލިޓީ އާއި ކޮލިޓީ ކަށަވަރުވެ، އެޕަލް އަށް އެކްސެސަރީ އުފައްދާ ފަރާތްތަކުގެ އަތުން ލައިސަންސް ފީއެއް ނެގުމުގެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ. އެމްއެފްއައި ސެޓިފައިޑް ނޫން އެކްސެސަރީޒްތަކަށް އައިފޯން 15 ބޭނުން ކުރާއިރު ޗާޖިން ސްޕީޑް ދަށްވުން ނުވަތަ އެހެނިހެން މައްސަލަތައް ކުރިމަތިވެދާނެ އެވެ.

މިކަމުގެ ސަބަބުން ޔޫ.އެސް.ބީ.-ސީގެ އެހެނިހެން ޕްރޮޑަކްޓްތަކަށްވުރެ އެމް.އެފް.އައި ޕްރޮޑަކްޓްތަކަށް ފެވަރިޓް ސްޓޭޓަސް ލިބި، އެކްސެސަރީޒްގެ ޓަޔަރޑް ސިސްޓަމެއް އުފެދިދާނެއެވެ. މީގެ އިތުރުން އިލެކްޓްރޯނިކް ކުނި މަދުކޮށް، އެކި ޑިވައިސްތަކުގައި ކޮމަން ޗާޖިން ސްޓޭންޑަޑެއް ކަށަވަރުކޮށް، ކަސްޓަމަރުންގެ ފަސޭހަކަން އިތުރުކުރުމުގެ މަގްސަދުގައި އީޔޫގެ ގާނޫނާ ހިލާފުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ޔޫރަޕިއަން ޕާލަމެންޓުގެ މެމްބަރެއް ކަމަށްވާ މޯލްޓާގެ އެލެކްސް އަގީއަސް ސާލިބާ ވަނީ އެޕަލްގެ ވާހަކަތަކަކީ ސީދާ ގާނޫނާ ހިލާފު ޕްލޭންތަކެއް ކަމަށް ބުނެ ފާޑު ވިދާޅުވެ، އިނޮވޭޝަނާއި ތިމާވެށީގެ ކަންބޮޑުވުންތަކަށް ވުރެ ފައިދާ އެ ކުންފުނިން ނަގަމުންދާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ފާއިތުވި ދިހަ ވަރަކަށް އަހަރުގެ ތެރޭގައި ޔުނިވާސަލް ޗާޖަރާ ދެކޮޅަށް އެޕަލް އިން ލޮބީ ކުރީ އިނޮވޭޝަނާ ބެހޭ ގޮތުން ނޫން ކަމަށާއި އެއީ އެ މީހުންގެ ޕްރޮޕަރައިޓަރީ ޗާޖަރުން ލިބޭ ފައިދާގެ ވާހަކަ ކަމަށެވެ.
އެޕަލް އިން މި ވާހަކަތައް ކަށަވަރުކޮށްދީފައި ނުވި ނަމަވެސް އައިފޯން 15 ގެ ޔޫއެސްބީ-ސީ ޕްލޭންތަކާ އެކު އީޔޫގެ ގާނޫނަށް ހުރަސް އަޅަން މަސައްކަތް ކޮށްފި ނަމަ އެ ކުންފުންޏަށް ގާނޫނީ ގޮތުން ބެލުމާއި އާންމުންގެ ނުރުހުން އަމާޒުވުމަކީ އެކަށީގެންވާ ކަމެކެވެ. އައިފޯން 15 ސެޕްޓެމްބަރު 2023 ގައި ނެރޭނެ ކަމަށް ބެލެވޭ އިރު، މި ހުރިހާ މޮޑެލްތަކެއްގައި ވެސް ޔޫއެސްބީ-ސީ ކަނެކްޓިވިޓީ އާއި އެހެނިހެން އިމްޕްރޫވްމަންޓްތައް ހިމެނެ އެވެ.

