ބޭރުދުނިޔެ

ދިއްލީގެ މަރު: 2020 ވަނަ އަހަރު ސާހިލް އާއި ނިކީގެ ކައިވެނިކުރި، ކައިވެނީގެ ސެޓްފިކެޓް ފުލުހުން ހޯދައިފި

އިންޑިއާގެ ނިއު ދިއްލީގައި ލޯބިވެރިޔާ މަރާލިކަމަށް ބުނާ މައްސަލައިގައި ، 2020 ވަނަ އަހަރު ސާހިލް އާއި ނިކީގެ ކައިވެނީގެ ހަފުލާއެއް ފައްޅީގައި ބޭއްވިކަން ފުލުހުންނަށް އެނގިފައިވާއިރު، އެ ކައިވެނީގެ ސެޓްފިކެޓްވެސް ފުލުހުންވަނީ  ހޯދާފައެވެ.

ނިކީގެ މަރުގެ މައްސަލާގައި ދިއްލީ ގެ ފުލުހުން ހައިރާންކުރުވަނިވި ހޯދުމެއް ހޯދާފައި މިވަނީ، އެ މައްސަލައިގެ އެންމެ ބޮޑު ތުހުމަތު ކުރެވޭ ސާހިލް ގެހްލޯޓް، އޭނާގެ ޝިކާރައަކަށްވި ނިކީ ޔާދަވްއާ މީގެ ކުރިން ވެސް ކައިވެނިކޮށްފައިވާކަން ހާމަވެފައިވާތީ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި 2020 ވަނަ އަހަރު ގްރޭޓާ ނޯއިޑާގެ އާރްޔާ ސަމާޖް ޓެމްޕަލްގައި އެ ދެމީހުން ކައިވެނިކުރި އިރު، ތަހުގީގަށް އެ ދެ މީހުންގެ ކައިވެންޏާ ގުޅޭ ސެޓްފިކެޓްތައް ފުލުހުން ވަނީ ހޯދާފަ އެވެ.

ސާހިލް އާއި ނިކީގެ ކައިވެނީގެ ދުވަހުގެ ހާއްސަ ފޮޓޯތައް އިންޑިއާ ޓުޑޭއަށް ލިބިފައިވާއިރު، ކައިވެނީގެ ހަފްލާއަށް އެދެމަފިރިންނާއެކު އުޅުނު އުމުރުން ދުވަސްވީ ދެ ފިރިހެނުންނާއެކު އެ ދެމަފިރިން ޓެމްޕަލްގައި ތިބި މަންޒަރު ފެނެ އެވެ. ޓެމްޕަލްގެ ޕަދްރީ ވަނީ އެ ދެމަފިރިން ރެކޯޑް ބެލެހެއްޓުމަށް ލިޔުންތައް ހުށަހަޅާފައިވާކަން ކަށަވަރުކޮށްދީފައި އެވެ.

ސާހިލް ކުރިން ވެސް ނިކީއާ ކައިވެނިކުރިކަން އެނގުމުން އެ ދެމަފިރިންގެ ގުޅުމާ މެދު ސާހިލްގެ އާއިލާ އިން ނުރުހުން ފާޅުކުރަމުންދާތީ އޭނާ މަރާލުމުގެ މަގްސަދަށް އާ އަލިކަމެއް ލިބުނެވެ. 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސާހިލް އެހެން އަންހެނަކާ ކައިވެނި ކުރުމުގެ އިންތިޒާމު އެމީހުން ހަމަޖެއްސީ ނިކީގެ އާއިލާއަށް ސާހިލް އާއި ނިކީގެ މިހާރު އޮތް ކައިވެނީގެ މައުލޫމާތު ނުދީ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ސާހިލް ހައްޔަރުކުރީ އޭނާ މަރާލި ކަމަށް އިއުތިރާފުވެ، ނިކީގެ ހަށިގަނޑު ފޮރުވާފައި ހުރި ފްރިޖް ފުލުހުންނަށް ފެނުމުންނެވެ. އޭނާގެ ކުރިއަށް އޮތް ކައިވެންޏާ ގުޅޭ ގޮތުން ދެމީހުންގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ސާހިލް ވަނީ ނިކީގެ ކަރުގައި ޑޭޓާ ކޭބަލެއް އޮޅާލައިގެން ނޭވާ ހާސްކޮށްލައިގެން މަރާލައިފައެވެ.

އޭގެ ފަހުން ފުލުހުން ވަނީ އެ ރޭވުމުގައި ސާހިލްއަށް އެހީތެރިވި ކަމުގެ ތުހުމަތުގައި ސާހިލްގެ ބައްޕަ ހިމެނޭ ގޮތަށް ފަސް މީހަކު ހައްޔަރުކޮށްފަ އެވެ. ސާހިލްގެ ބައްޕަ ވިރެންދުރަ ސިންގްގެ މައްޗަށް އިންޑިއާގެ ގާނޫނުލް އުގޫބާތުގެ 120 ވަނަ މާއްދާގެ (ށ) ގެ ދަށުން ޖިނާއީ ރޭވުމެއް ރޭވުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ނިކީ މަރާލުމުގައި ބައިވެރިވިކަން އެނގުމުންނެވެ.

މި މައްސަލައިގެ ސަބަބުން މުޅި ގައުމު ހައިރާންވެފައިވާއިރު، އެ ޖަރީމާގެ އަނިޔާވެރި ކަމާ މެދު ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި މި މައްސަލައާ ގުޅޭ އިތުރު ތަފްސީލް ފުލުހުން ހާމަކުރާނެ ކަމަށް ބެލެވެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close