ޓެކްނޮލޮޖީ

އޮޕެރާއިން ވެބްޕޭޖާއި އާޓިކަލް ސަމަރީއަށް ޗެޓްޖީޕީޓީ އިންޓަގްރޭޓް ކުރަނީ

މަޝްހޫރު ވެބް ބްރައުޒާ އޮޕެރާއިން ވެބްޕޭޖާއި އާޓިކަލް ސަމްރީއަށް ޗެޓްޖީޕީޓީ އިންޓަގްރޭޝަން އިތުރުކުރާނެކަން އިއުލާންކޮށްފިއެވެ.

އޮޕެރާއަށް ޗެޓްޖީޕީޓީ އިންޓާގްރޭޓްކުރަން ނިންމާފައިވާއިރު، އޮޕެރާ އިން އަންނަނީ އާޓިފިޝަލް އިންޓެލިޖެންސް ވަރަށް ބޮޑަށް ހިފަހައްޓަމުންނެވެ. އާ ފީޗާ “ޝޯޓަން” އިން ފެށިގެން ޖެނެރޭޓިވް އޭއައި ކެޕޭބިލިޓީސް ބްރައުޒާގައި އިންޓަގްރޭޓް ކުރަން ނިންމާފައިވާ ކަން އެ ކުންފުނިން ވަނީ އިއުލާނުކޮށްފައެވެ.

ޝޯޓަން އިން އޯޕަންއޭއައިގެ ލެންގުއޭޖް މޮޑެލް، ޗެޓްޖީޕީޓީ ބޭނުންކޮށްގެން އާޓިކަލްތަކާއި ވެބްޕޭޖްތަކުގެ ސަމްރީތައް ހެދުމަށް ހަމަޖެހިފައިވާއިރު، މުޅި އާޓިކަލް ނުވަތަ ލިޔުން ނުކިޔައި ޕޭޖެއްގެ ގިސްޓް ނުވަތަ އެލިޔުމެއްގެ މައިގަނޑު ޚިޔާލު ހޯދުމުގައި ފަސޭހަވެގެންދާނެއެވެ.

އެޑްރެސް ބާގެ ކަނާތް ފަރާތުން ފެންނަ އާ އައިކަންއެއްގެ ގޮތުގައި މި ފީޗާ ފަސޭހައިން ލިބޭނެއެވެ. އެ އައިކަންއަށް މައުސްއިން ފިތާލުމުން ސައިޑްބާއެއް ހުޅުވިގެންދާނެއެވެ. އޭރުން ޗެޓްޖީޕީޓީއިން ބަލަމުންދާ ވެބްޕޭޖްގެ ބުލެޓެޑް ސަމްރީއެއް ލިބޭނެ ކަމަށެވެ. އޮޕެރާގެ ވައިސް ޕްރެޒިޑެންޓް އޮފް މާކެޓިން އެންޑް ކޮމިއުނިކޭޝަންސް ޖާން ސްޓޭންޑެލް ވިދާޅުވި ގޮތުގައި އޮޕެރާ ބޭނުންކުރާ ފަރާތްތަކަށް “ޝޯޓަން” ލިބޭނެގޮތް ހެދުމުގެ މަސައްކަތް “ވަރަށް އަވަހަށް” ފެށޭނެއެވެ.

އޮޕެރާ އިން އެ ބްރައުޒާ ބޭނުންކުރާ މީހުންގެ ތަޖުރިބާ އިތުރު ކުރާނެ ކަމަށް ބުނާ އެހެން އޭއައި ޕަވާޑް ފީޗާތަކުގެ މަސައްކަތް ވެސް ކުރަމުން އަންނަ އިރު، މި ފީޗާތަކަކީ ކޮބައިކަމާ ބެހޭ އެއްވެސް ތަފްސީލެއް އޮޕެރާ އިން ދީފައެއް ނުވެއެވެ. ޝޯޓަން އިއުލާންކޮށްފައި މިވަނީ މައިކްރޮސޮފްޓުން އެޖް ރީޑިޒައިންކޮށް ބްރައުޒާއަށް “އޭއައި ޕަވާޑް ކޮޕައިލޯޓެއް” އެޅުމަށް ނިންމާފައިވާކަން އިއުލާންކުރި ހަފުތާގެ ތެރޭގަ އެވެ. އަނެއްކޮޅުން ގޫގުލް އިންވެސް އަންނަނީ “ބާޑް”ގެ ނަމުގައި އަމިއްލަ އޭއައި ޗެޓްބޮޓެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.

އެއް މަތިމައްޗަށް ފެތުރެމުންދާ މިފަދަ ޚަބަރުތަކުން ދޭހަވަނީ އޮޕެރާ އާއި މައިކްރޮސޮފްޓުން ޖެނެރޭޓިވް އޭއައި ދެކެނީ ބްރައުޒާ މާކެޓުގައި ގޫގުލްގެ ޑޮމިނޭޝަނާ ވާދަކުރުމުގެ މަގެއްގެ ގޮތުގައި ކަމެވެ. ނަމަވެސް މި އާ އޭއައި ޕަވާޑް ފީޗާތަކުގެ ސަބަބުން ހަގީގަތުގައި ވެސް ކްރޯމް އިން ކަސްޓަމަރުން މަދުވެދާނެތޯ ބަލަން ޖެހެއެވެ.

ވެބް ބްރައުޒާތަކަށް އޭއައި އިންޓަގްރޭޓް ކުރުމަކީ އިތުރުވަމުން އަންނަ ޓްރެންޑެއްކަން އެނގެން އޮތް އިރު، ކުރިއަށް އޮތް ތަނުގައި އިތުރު އޭއައި ޕަވާޑް ފީޗާތައް ފެންނާނެ ކަމަށް ކަސްޓަމަރުންނަށް އުއްމީދު ކުރެވިދާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close