ޚަބަރު ޑްރަގްގެ ވަބާ ފޮހެލުމަށްޓަކާ އެންމެ އެކުވެގެން ގިނަގުނަ މަސައްކަތްތަކެއް ކުރާން ވަނީ ޖެހިފައި: ޚުތުބާ

ޑްރަގްގެ ވަބާ ފޮހެލުމަށްޓަކާ އެންމެ އެކުވެގެން ގިނަގުނަ މަސައްކަތްތަކެއް ކުރާން ވަނީ ޖެހިފައި: ޚުތުބާ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މަސްތުވާ ތަކެތީގެ ސުމްޕާ ވަބާ އަޅުގަޑުމެންގެ މުޖުތަމަޢުން ފޮހެލުމަށްޓަކާ ތަފާތު ވަސީލަތްތަކުގެ ބޭނުންކޮށް، އެންމެ އެކުވެގެން ގިނަގުނަ މަސައްކަތްތަކެއް ކުރާން ޖެހިފައިވާކަމުގައި މިއަދު ހުކުރު ޚުޡުބާގައި ވިދާޅުވެއްޖެއެވެ.

“މަސްތުވާތަކެތީގެ ނުރައްކާ” މި މައުޟޫއަށް ޚާއްސަ ކުރެވިގެންދިޔަ މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވީ މަސްތުވާތަކެތީގެ ނުރައްކާ ބޮޑުކަމުން ދުނިޔޭގައި އެއާއި ދެކޮޅަށް ހަނގުރާމަ ކުރަނީ ހަމައެކަނި މުސްލިމު ގައުމުތަކުން އެކަނި ނޫންކަމުގައެވެ.

މިގޮތުން މިސުމްޕާ ވަބާ އަޅުގަޑުމެންގެ މުޖުތަމަޢުން ފޮހެލުމަށްޓަކާ ތަފާތު ވަސީލަތްތަކުގެ ބޭނުންކޮށް، އެންމެ އެކުވެގެން ގިނަގުނަ މަސައްކަތްތަކެއް ކުރާން ޖެހިފައިވާކަމުގައިވެސް މިއަދު ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.

މުސްލިމް އަޚުންނޭވެ! މަސްތުވާތަކެއްޗަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ގެއްލުންހުރި ތަކެތިކަން ކަށަވަރެވެ. އެހެންކަމުން މަސްތުވާތަކެތީގެ އެންމެހައި ބާވަތްތަކަކީ އިސްލާމް ދީނުގައި ޙަރާމްވެގެންވާ ތަކެތިކަން ދަންނާށެވެ! އެއީ، ދިޔާ އެއްޗެއް ކަމުގައިވިޔަސް، ހިކި އެއްޗެއް ކަމުގައިވިޔަސް، ދުމެއް ކަމުގައި ވިޔަސް، އިންޖެކްޝަނެއް ކަމުގައިވިޔަސް، ކެޕްސޫލެއް ކަމުގައި ވިޔަސް އަދި މިނޫން ބާވަތެއް ކަމުގައި ވިޔަސްމެއެވެ.

ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.

ޚުޡުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މަސްތުވާތަކެތީގެ ކޮންމެ ބާވަތަކީވެސް ހަށިގަނޑާއި ސިކުނޑިއަށް ބޮޑެތި ގެއްލުންތަކެއް އެއިން ލިބޭ ވިހައިގެ މާއްދާއަކަށް ވީހިނދު، މަސްތުވާތަކެތި ބޭނުން ކުރުމަކީ އަމިއްލަ އަތުން އަމިއްލަ ނަފްސު ހަލާކުގެ ތެރެއަށް އެއްލާލުމެވެ.

އަދި މަސްތުވާތަކެތީގެ ގެއްލުން ލިބެނީ ތިމާގެ އަމިއްލަ ހަށިގަޑަށް އެކަނި ނޫންކަން ބަޔާކުރަމުން ޚުތުބާގައި ވިދާޅުވެފައިވާ ގޮތުގައި، އެއީ ތިމާގެ މުދަލަށާއި، އާއިލާއަށާއި، އަދި މުޅި މުޖުތަމައަށްވެސް އޭގެ ގެއްލުންކުރާ އެއްޗެކެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހާ ހަގީގަތުގައި ތިމާގެ ހަށިގަޑަށް މަޑުމަޑުން އަނިޔާ ކުރަމުންގޮސް އަމިއްލައަށް މަރުވެގަންނަނީއެވެ. އިސްލާމް ދީނުގައި އަމިއްލައަށް މަރުވުން ވަނީ ހަރާމް ކުރައްވާފައެވެ.

މަސްތުވާތަކެތީގެ ނުރައްކާތެރިކަން ބަޔާން ކުރަމުން ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.

އަދި ޚުޡުބާގައި ވަނީ މި ސުމްޕާ ބަނާ މުޅި މުތަމަޢުން ފުހެލުމަށްޓަކާ ވަރުގަދަ އަޒުމަކާއެކު ކުރިމަތިލުމަށް ގޮވާލާފައެވެ.

ޓެގް

ޚުޠުބާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.