އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާއެއްގެ ތެރެއިން ފުލުހުން ހައްޔަރު ކުރި އުމުރުން ދުވާސްވީ އަންހެން މީހާ ހައްޔަރުކުރީ ރަނގަޅަށް ނޫންކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުޒާހަރާގެ ތެރެއިން އުމުރުން ދުވަސްވީ އަންހެން މީހާ ހައްޔަރުކުރީ ރަނގަޅަށް ނޫންކަމަށާއި އެ މައްސަލަ ބައްލަވާނެކަމަށެވެ.
ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯ އިން ފެންނަނީ ފުލުހުންގެ ބެލުމުގެ ދަށަށް ނުދާން ގަދަ ދައްކާ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މަންޒަރެވެ. އަދި އެކަމުގައި ފުލުހުން އަމަލުކުރިގޮތަށް ބައެއް ފަރާތްތަކުން ވަނީ ފާޑު ކިޔާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...