އަފްޣާނިސްތާނުގައި އަންހެނުންނަށް ޔުނިވާސިޓީ ތައުލީމް ހާސިލްކުރުން ތާލިބާނުން މަނާކޮށްފި
އަފްޣާނިސްތާނުގައި އަންހެނުންނަށް ޔުނިވާސިޓީ ތައުލީމް ހާސިލްކުރުން ތާލިބާނުން މަނާކޮށްފިއެވެ.
އަންހެނުންނަށް ޔުނިވާސިޓީ ތައުލީމް ހާސިލްކުރުން އަފްޣާނިސްތާނުގެ އަންހެނުންނަށް ވަކިމުއްދަތެއް ނެތްގޮތަށް ތާލިބާނުން މަނާކޮށްފައިވާއިރު، މިކަންވަނި ބައިނަލްއަގްވާމީ ފެންވަރުގައި އދ. މަޖްލީހުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.
އަންހެނުންނާއި މައިނޯރިޓީތަކުގެ ހައްގުތަކަށް އިހުތިރާމްކުރާ އިތުރު މެދުމިނުގެ އުސޫލެއް ޤާއިމް ކުރާނެކަމަށް ފުރަތަމަ ވައުދުވި ނަމަވެސް، މިދިޔަ އަހަރު އެގައުމުގެ ކޮންޓްރޯލް އަތުލައިގަތް ފަހުން ތާލިބާނުން ވަނީ އިސްލާމީ އުޞޫލުތަކާއި، ޤަވާޢިދުތައް ފުޅާދާއިރާއެއްގައި ތަންފީޒުކޮށްފައެވެ.
އެމީހުން ވަނީ އަންހެން ކުދިން މީޑިއަމް ސްކޫލާއި ހައި ސްކޫލަށް ދިއުން މަނާކޮށް، އަންހެނުންނަށް ގިނަ ވަޒީފާ އަދާކުރުން ހަނިކޮށް، އާންމު ތަންތަނުގައި ބޮލުން ފެށިގެން ފައިތިލައާ ހަމައަށް ހެދުން އެޅުމަށް އަމުރުކޮށްފައެވެ.
އަދި ޕާކްތަކާއި ޖިމްތަކުގައި އަންހެނުން ނުކުމެ އުޅުން މަނާކޮށް، މަހުރަމަކު ނެތި ދަތުރުކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.
ރިޕޯޓްތައް ބުނާގޮތުގައި އަގްޣާންގެ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީންވަނީ އެޤައުމުގެ ޕަބްލިކް އަދި ޕްރައިވެޓް ޔުނިވާސިޓީތަކަށް ، ކެބިނެޓްގެ ނިންމުމާ އެއްގޮތަށް އަންހެން ދަރިވަރުންނަށް ޔުނިވަރސިޓީތަކަށް ވަނުން ވަގުތުން މަނާކުރުމަށް އަންގާފައެވެ.




