ޚަބަރު އިންސާނެއްގެ ކަށިތަކެއް ގުޅީފަޅުން އަނެއްކާވެސް ފެނިއްޖެ

އިންސާނެއްގެ ކަށިތަކެއް ގުޅީފަޅުން އަނެއްކާވެސް ފެނިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ގުޅީފަޅުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގެ ހާދިސާއާއި ގުޅިގެން އެފްކޮންސްގެ މުވައްޒަފުން ގެއްލިގެން ހޯދަމުން ދަނިކޮށް އިންސާނެއްގެ ކަށިތަކެއް ފެނިފައިވާއިރު، އަނެއްކާވެސް އިތުރު ކަށިތަކެއް ފެނިއްޖެކަމަށް ޚަބަރު ލިބިއްޖެއެވެ.

އޮންލައިން ނޫސް “ސަން”އިން ރިޕޯޓްކޮށްފައިވާގޮތުގައި ރޭ ވެސް މީހެއްގެ ހަށިގަނޑުގެ ބައިތައް އެތަނުން ވަނީ ފެނިފައެވެ. ނަމަވެސް އެއީ ކުރިން ފެނުނު މީހާގެ ކަށިތައް ކަމެއް ނުވަތަ އިތުރު މީހެއްގެ ކަށިތައް ކަމެއް އަދި ޔަގީންވެފައި ނުވެއެވެ.

މީގެ ކުރިން ފުލުހުން ވަނީ، އެ ސަރަހައްދުން ފެނުނީ އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއްތޯ ބެލުމަށާއި އެއީ ގެއްލިގެން އުޅޭ މީހާގެ ހަށިގަނޑުގެ ބައިތަކެއްތޯ ކަށަވަރު ކުރުމަށް ކުރަންޖެހޭ ތަހުލީލުތައް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.

އެފްކޮންސްއިން އިއްޔެ ނެރުނު ބަޔާނެއްގައިވާ ގޮތުން، އެ ހާދިސާގައި 78 މުވައްޒަފުން ޒަހަމްވެގެން ހޮސްޕިޓަލަށް ގެންދިޔައެވެ. އޭގެ ތެރެއިން 32 މީހުންނަށް ފަރުވާ ދީފައި ވަނީ އެޑްމިޓު ކޮށްގެން ކަމަށާއި ހަތަރު މީހެއްގެ އޮޕަރޭޝަން ކުރަން ޖެހުނު ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އިތުރު 24 މީހުންނަށް އެކިވަރުގެ ކުދި އަނިޔާ ލިބުނު ކަމަށް ވެސް އެފްކޮންސްއިން ބުންޏެވެ.

ޓެގް

ގުޅީފަޅު އަލިފާނުގެ ހާދިސާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.