ޚަބަރު އެކްސިޑެންޓްގެ ވީޑިއޯ ދައުރު ނުކުރަން ފުލުހުން އެދިއްޖެ

އެކްސިޑެންޓްގެ ވީޑިއޯ ދައުރު ނުކުރަން ފުލުހުން އެދިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސިނަމާލެ ބްރިޖްގައި ހުކުރު ދުވަހު ހިނގި އެކްސިޑެންޓުވި މަންޒަރު ފެންނަ ވީޑިއޯ ދައުރު ނުކުރަން ފުލުހުން އެދިއްޖެ އެވެ.

ސައިކަލަކާއި ވޭނެއް ޖެހި ހިނގި އެ އެކްސިޑެންޓްގައި ވިޔަފާރިވެރިޔާ ޖަމްބޯ އިސްމާއިލް މޫސާ (ޖަމްބޯ އިއްސެ) ވަނީ މަރުވެފަ އެވެ. އެ އެކްސިޑެންޓްގެ ވީޑިއޯ މިއަދު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓްގެ މަންޒަރު ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ދައުރު ކުރުމަކީ މަރުހޫމްގެ އާއިލާ އަށް ނުހަނު ހިތްދަތިކަން ގެނުވާނެ ކަމެއް ކަމަށެވެ. އަދި އެ ވީޑިއޯ ދައުރު ވަމުންދާތީ އެކަމުގެ ކަންބޮޑުވުން އާއިލާ އިން ހިއްސާކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

“އެހެންކަމުން އެ ވީޑިއޯ ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ދައުރު ނުކުރުމަށް އެދެން.” ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ވީޑީއޯ އާންމުވެފައިވާ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށެވެ. އަދި އެއީ ކިހިނެތް އާންމުވެފައިވާ ވީޑިއޯއެއްތޯ ބަލާ ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ޓެގް

ޖަންބޯ މަރުގެ ހާދިސާތައް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.