ޚަބަރު ގުޅީފަޅު އަލިފާނުގެ ހާދިސާއާއި ގުޅިގެން ގެއްލުނު މީހާ ހޯދަމުން ދަނިކޮށް އިންސާނެއްގެ ގުނަވަންތަކެއް ފެނިއްޖެ

ގުޅީފަޅު އަލިފާނުގެ ހާދިސާއާއި ގުޅިގެން ގެއްލުނު މީހާ ހޯދަމުން ދަނިކޮށް އިންސާނެއްގެ ގުނަވަންތަކެއް ފެނިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ގުޅީފަޅުގައި ހުންނަ އެފްކޮންސްގެ ލޭބަރުންގެ އެކޮމަޑޭޝަން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު ގެއްލުނު މީހާ ހޯދުމަށް ކުރެވުނު މަސައްކަތުން އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ކަމަށް ބެލެވޭ ބައިތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަލިފާނުގެ ހާދިސާއަށް ފަހު އެތަނުގައި ދިރިއުޅޭ މީހަކު މަދުކަން ފާހަގަ ކުރެވުމުން އެމީހާ ހޯދުމަށް ކުރެވުނު މަސައްކަތުން މިއަދު އިންސާނެއްގެ ހަށިގަނޑުގެ ބައިތައް ކަމަށް ބެލެވޭ ބައިތަކެއް ވަނީ ފެނިފައި ކަމަށެވެ.

އެއީ އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއްތޯ އާއި ގެއްލިގެން އުޅޭ މީހާގެ ހަށިގަނޑުގެ ބައިތަކެއްތޯ ކަށަވަރު ކުރުމަށް ކުރަން ޖެހޭ ތަހްލީލްތައް ކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ގުޅިފަޅުގައި ހުންނަ ވިލިމާލެ ބްރިޖް މަސައްކަތްކުރާ މީހުންގެ އެކެމަޑޭޝަން ބްލޮކުގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން 76 މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެއެވެ.

އަދި އެފްކޮންސްގެ މުވައްޒަފުން ވަނީ އެކޮމޮޑޭޝަން ބްލޮކްގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއަށްފަހު އެމީހުންނާއެކު އުޅެމުންދިޔަ އެކަކު ނުފެންނަކަމަށް ބުނެ އިއްޔެ އިހުތިޖާޖުވެސް ކޮށްފައެވެ.

މި އެކެމަޑޭޝަން ބްލޮކްގައި 465 މީހުން ދިރިއުޅޭކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ޓެގް

އެފްކޮން ގުޅީފަޅު އަލިފާނުގެ ހާދިސާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.