ޚަބަރު ގުޅީފަޅުގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު މީހަކު ގެއްލިގެން ހޯދަނީ

ގުޅީފަޅުގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު މީހަކު ގެއްލިގެން ހޯދަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ގުޅީފަޅުގައި ހުންނަ ތިލަމާލެ ބްރިޖުގެ މަސައްކަތްކުރާ އެފްކޮންސް ކުންފުނީގެ މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއްގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއަށްފަހު އެ ކުންފުނީގެ މުވައްޒަފަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

މީހަކު ގެއްލިގެން ހޯދަމުން ދާކަމަށް ފުލހުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

އެގޮތުން މިހާރު ސިފައިންނާއި ފުލުހުން ގުޅީފަޅު އެއްކޮށް ބަލައިފައިވާކަމަށާއި އެހެންނަމަވެސް އެ މީހާ އަދިވެސް ފެނިފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ހޯދުމަށްޓަކައި ސިފައިންގެ އެހީތެރިކަމާއެކު އެހެން ސައިޓްތައް ވެސް އަންނަނީ ބަލަމުންނެވެ.

“ނަމަވެސް މި ވަގުތު އޭނާއަށް ވީގޮތެއް ޔަގީންކޮށް ދަންނަވާކަށް އަޅުގަނޑަކަށް ނޭނގޭ. އަދި ހަމަ ސާޗިން ކުރިއަށް ދަނީ،” އޮފިޝަލް ވިދާޅުވިއެވެ.

މިއަދު ހެނދުނު އެފްކޮންސްގެ މުވައްޒަފުން ގުޅީފަޅުގައި އިހުތިޖާޖު ވެސްވަނީ ކޮށްފައެވެ. އެ އިހުތިޖާޖު ކުރީ އަލިފާނުގެ ހާދިސާއަށްފަހު މުވައްޒަފުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމުންނެވެ.

ނަމަވެސް އެފްކޮންސް މެނޭޖުމަންޓުން މިހާރު އެ ކަންބޮޑުވުންތައް އޮޅުން ފިލުވައި އެ މީހުންނާ އަންނަނީ ވާހަކަދައްކަމުންނެވެ.

ތިލަމާލެ ބްރިޖު މަސައްކަތަށް އެ ކުންފުނީގެ ހާހަކަށްވުރެ ގިނަ މަސައްކަތު މީހުން ރާއްޖޭގައި އެބަތިއްބެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 800އެއްހާ މީހުން އުޅެނީ ގުޅީފަޅުގައެވެ.

އަނެއް 200 މީހުން މަސައްކަތްކުރަނީ މާލޭގައި ހުންނަ ބްރިޖުގެ މަސައްކަތު ސައިޓުގައެވެ.

ޓެގް

އެފްކޮން ގުޅީފަޅު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.