ޚަބަރު ހުޅުމާލެއިން ގެއްލިގެން ހޯދަމުން ދިޔަ މީހާ އަމިއްލައަށް ގެއަށް އަތުވެއްޖެ

ހުޅުމާލެއިން ގެއްލިގެން ހޯދަމުން ދިޔަ މީހާ އަމިއްލައަށް ގެއަށް އަތުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހުޅުމާލެއިން ގެއްލިގެން ހޯދަމުން ދިޔަ މީހާ އަމިއްލައަށް ގެއަށް އަތުވެއްޖެ ކަމަށާއި އޭނާގެ ހާލުރަނގަޅު ކަމަށް އާއިލާއާއި ހަވާލާދީ ފުލުހުން ބުނެފިއެވެ.
އާއިލާއިން ރިޕޯޓް ކޮށްގެން ގެއްލިގެން ހޯދަމުން ދިޔަ 34 އަހަރުގެ ދިވެހި ފިރިހެން މީހާ ގެއަށް އަމިއްލައަށް އައިސްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފައިވާއިރު މިކަން ހިނގާދިޔަގޮތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.


ގެއްލިގެން ހޯދަމުން ދިޔައީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރު ދިރިއުޅޭ، ސ. ހުޅުދޫ، ސީނިއަސްރުމާގެ މުހައްމަދު ޖައިލަމެވެ.

ފުލުހުން މިއަދު ހަވީރު ވަނީ އޭނާގެ ވަނަވަރު އާންމުކޮށް އޭނާ ހޯދުމަށް އާއްމުންގެ އެހީތެރިކަމަށް އެދިފައެވެ.

އެކަމުގެ އެންމެ ފަހުގެ މައުލޫމާތު ދެމުން ފުލުހުން ބުނީ މިރޭ 19:14ހާއިރު އޭނާ އަމިއްލައަށް ގެއަށް ގޮސްފައިވާ ކަމަށް އާއިލާއިން ބުނެފައިވާކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅުކަމަށް ވެސް ފުލުހުން ބުންޏެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން ޖައިލަމްގެ ޚަބަރެއް ނުވެގެން އާއިލާއިން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އިއްޔެ ހެނދުނު 10:54ގައެވެ.

ޓެގް

މީހަކުގެއްލުން ހުޅުމާލެ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.