ވޯލްޑްކަޕް-22 ރޮނާލްޑޯ އެރުވުމުން މެޗުބަދަލުވެގެން ދިޔަގޮތް ފެނުނު: ރޮނާލްޑޯގެ ލޯބިވެރިޔާ

ރޮނާލްޑޯ އެރުވުމުން މެޗުބަދަލުވެގެން ދިޔަގޮތް ފެނުނު: ރޮނާލްޑޯގެ ލޯބިވެރިޔާ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ވޯލްޑް ކަޕްގެ ކުއާޓާފައިނަލުން ޕޯޗުގަލް ކެޓި މެޗްގައި އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ފުރަތަމަ އެގާރައިން ޖާގަ ނުދިން މައްސަލައިގައި ރޮނާލްޑޯގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް ބުނީ ރޮނާލްޑޯ އެރުވުމުން މެޗުބަދަލުވެގެން ދިޔަގޮތް ފެނުނުކަމަށާއި، އޭރު ވަގުތު ފާއިތުވެއްޖެ ކަމަށެވެ.

ރޮނާލްޑޯގެ ލޯބިވެރިޔާޕޯޗުގަލް ކޯޗު ފެނާންޑޯ ސަންޓޯސް އަށް ފާޑު ކިޔައި ، އިންސްޓާ ގްރާމްގައި އޭނާ ބުނީ ބުނީ ރޮނާލްޑޯގެ އެކުވެރިޔާ ރޭގެ މެޗުގައި ނިންމީ ގޯސް ނިންމުމެއް ކަމަށާއި އެއީ ރޮނާލްޑޯ އިންތިހާ އަށް އިހުތިރާމް ކުރާ އެކުވެރިއެއް ކަމަށެވެ.

މޮރޮކޯ އަތުން 1-0 އިން ބަލިވެ ޕޯޗުގަލް މުބާރާތުން ކެޓިއިރު، ރޭގެ މެޗަށް ޕޯޗުގަލް އިން ނެރުނު ފުރަތަމަ އެގާރައިން ވެސް ރޮނާލްޑޯ އަށް ޖާގަ ދީފައެއް ނުވެ އެވެ. ނަމަވެސް ރޭގެ މެޗުގެ ދެވަނަ ހާފްގެ ކުރީކޮޅު ރޮނާލްޑޯ ކުޅެން އަރުވާފައިވެ އެވެ.

ރޮނާލްޑޯ ކުޅެން އެރުވުމުން މެދު ބަދަލުވެގެންދިޔަ ގޮތް ފެނިގެންދިޔަ ކަމަށާއި ނަމަވެސް އޭރު އޮތީ މާ ލަސްވެފައި ކަމަށް ޖޯޖީނާ ބުނެފައިވެ އެވެ. ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ އާދައިގެ ގޮތަކަށް ނަގައިގެން ނުވާނެ ކަމަށާއި ޓީމުގައި ހުރި އެންމެ ބާރުގަދަ ހަތިޔާރަކީ ރޮނާލްޑޯ ކަމަށްވެސް ބުނެފައިވެ އެވެ.

“ދިރިއުޅުމުގައި ފިލާވަޅުތައް ލިބިގެންދާނެ. މިއަދު އަހަރަމެން ބަލިއެއް ނުވޭ، މިކަމުން ދަސްވީ އިތުރު ކަންތައްތަކެއް.” އޭނާ ބުނެފައިވެ އެވެ.

ރޭގެ މެޗަށް ފަހު ވާހަކަ ދައްކަމުން ޕޯޗުގަލްގެ ކޯޗު ވަނީ މެޗުގެ ފުރަތަމަ އެގާރައިން ރޮނާލްޑޯ އަށް ޖާގަ ނުދެވުމުން ހިތާމަ ނުކުރާ ކަމަށް ބުނެފަ އެވެ.

ޕޯޗުގަލް މުބާރާތުން ކަޓާފައިވާއިރު މިއީ އުމުރުން 37 އަހަރުގެ ރޮނާލްޑޯގެ ފަހު ވޯލްޑް ކަޕަށް ވުމަކީ ގާތް ކަމެކެވެ. މިފަހަރުގެ ވޯލްޑް ކަޕް ރޮނާލްޑޯ ނިންމާލީ އެންމެ ގޯލަކާ އެކު އެވެ.

ޓެގް

ވޯލްޑްކަޕް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.