ޚަބަރު

ވީއައިއޭ ގައި ތަރައްގީ ކުރަމުންދާ އާ ޕަސެންޖާ ޓާމިނަލްގެ 35 އިންސައްތަ މަސައްކަތް ނިމިއްޖެ: މިއުވާން

ވެލާނާ އިންޓަނޭޝަނަށް އެއާޕޯޓް (ވީއައިއޭ) ގައި ތަރައްގީ ކުރަމުންދާ އާ ޕަސެންޖާ ޓާމިނަލްގެ 35 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕަސެންޖާ ޓާމިނަލްގެ މަސައްކަތް މަޑުޖެހިފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އެ ޓާމިނަލްގެ މަސައްކަތް ނުހުއްޓޭ ކަމަށެވެ. އަދި ޕަސެންޖާ ޓާމިނަލްގެ 35 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ޓާމިނަލްގެ ފެކޭޑްގެ މަސައްކަތް މިމަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ އިރު، ރޫފިންގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ. ކުރިން ހަދާފައިވާ ޑިޒައިނުގައި ހުރި މައްސަލަތައް ހައްލުކޮށް ކޮންޓްރެކްޓަރާއެކީ އެކަމުގައި އެއްބަސްވުމަކަށް އާދެވި، އެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް 800 މިލިއަން ޑޮލަރުގެ އަގުހުރި މަޝްރޫއެއް ކުރިއަށް އެބަ ގެންދެއެވެ. މި ބިޔަ މަޝްރޫއުގެ ދަށުން 373 މިލިއަން ޑޮލަރު ހަރަދުކޮށްގެން އާ ރަންވޭއެއް އަޅާފައިވާއިރު، އާ ޕެސެންޖަރު ޓާމިނަލަކާއި ފިއުލް ފާމަކާއި ސީޕްލޭން ޓާމިނަލެއްގެ އިތުރުން އެހެނިހެން ސަޕޯޓް ފެސިލިޓީތައްވެސް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސަރުކާރުން ލަފާ ކުރާ ގޮތުގައި މި މަޝްރޫއު ނިމުމުން، 7.5 މިލިއަން ފަތުރުވެރިންނަށް ހިދުމަތް ފޯރުކޮށްދެވޭނެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close