ވޯލްޑްކަޕް-22 ޕޯޗުގަލް ބަލިކޮށް ދެކުނު ކޮރެއާ ދެވަނަބުރު ކަށަވަރު ކޮށްފި

ޕޯޗުގަލް ބަލިކޮށް ދެކުނު ކޮރެއާ ދެވަނަބުރު ކަށަވަރު ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޤަޠަރުގައި މިހާރު ކުރިއަށްދާ ފީފާވޯލްޑްކަޕް 2022 ގައި މިރޭ ކުޅުނު މެޗްގައި ޕޯޗްގަލް ބަލިކޮށް ދެކުނު ކޮރެއާއިން މުބާރާތުގެ ދެވަނަބުރަށް ދަތުރުކޮށްފިއެވެ.

ފަހަތުން އަރައި ޕޯޗުގަލްގެ މައްޗަށް ކުރި ހޯދައި ސައުތު ކޮރެއާއިން ވޯލްޑްކަޕްގެ ދެވަނަ ބުރުން ފުރުސަތު ހޯދައިފައިވާއިރު، މިއީ ކޮރެއާއިން ވޯލްޑްކަޕްގެ މުބާރާތެއްގައި މިފަދަ ކާމިޔާބެއް ލިބުނު ފުރަތަމަ ފަހަރެވެ.

މިރޭ ކުޅުނު މެޗުގައި ސައުތު ކޮރެއާއިން ޕޯޗުގަލްގެ މައްޗަށް ކުރި ހޯދީ ދެ ލަނޑު އެއް ލަނޑުންނެވެ. ޕޯޗުގަލް ބަލިވިނަމަވެސް ގްރޫޕުގެ އެއްވަނަ ލިބުނީ ޕޯޗުގަލްއަށެވެ. ސައުތު ކޮރެއާއަށް ލިބުނީ ދެވަނައެވެ.

ޕޯޗުގަލް އަތުން ސައުތު ކޮރެއާ މޮޅުވުމާއެކު މި ގްރޫޕުން ކެޓީ އުރުގުއޭއާ ގާނާއެވެ. އުރުގުއޭއާ ގާނާ ކުޅުނު މެޗުން މޮޅުވީ އުރުގުއޭއެވެ. އެހެންނަމަވެސް ލަނޑުގެ ތަފާތުން ކުރި ލިބުނީ ސައުތު ކޮރެއާއަށެވެ. އުރުގުއުއޭ ގާނާ އަތުން މޮޅުވީ 2-0ންނެވެ.

ޓެގް

ސައުތުކޮރެއާ ވޯލްޑްކަޕް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.