ޚަބަރު ވާރލްޑް ކަޕް މެޗެއް ބައްލަވާލެއްވުމަށް ރައީސް ޞޯލިޙް ޤަޠަރަށް ވަޑައިގަންނަވަނީ

ވާރލްޑް ކަޕް މެޗެއް ބައްލަވާލެއްވުމަށް ރައީސް ޞޯލިޙް ޤަޠަރަށް ވަޑައިގަންނަވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިހާރު ޤަތަރުގައި ކުރިއަށްދާ ވޯލްޑްކަޕް ގެ މެޗެއް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިމަހު ޤަޠަރަށް ވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިޢުވާން ވިދާޅުވީ މިހާރު ޤަޠަރުގައި ކުރިއަށްދާ ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ބޮޑު ޢީދު، ވޯލްޑް ކަޕް 2022 ގެ މެޗެއް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޤަޠަރަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށެވެ.

އަދި ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ޤަޠަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދް އަލްޘާނީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއްކަންވެސް މިއުވާން ވިދާޅުވެފައިވާއިރު، އެމަނިކުފާނު ޤަޠަރަށް ވަޑައިގަންނަވާނެ ސީދާ ދުވަހެއް ނުވަތަ ބައްލަވާލައްވާނެ މެޗެއް އޭނާ ވިދާޅެއް ނުވެއެވެ.

“ސީދާ ކޮން މެޗަކަށްކަން ރައީސް ވަޑައިގަންނަވަނީ ބުނަން އަޅުގަނޑަށް ވަރަށް ދަތި. ހީވަނީ ފައިނަލް ނުވަތަ ސެމީ ފައިނަލްގެ މެޗަކަށް ރައީސް ވަޑައިގެންފާނެހެން،” މިއުވާން ވިދާޅުވި އެވެ.

މި އަހަރުގެ ވޯލްޑްކަޕް ފެށީ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުގައެވެ. މިހާރު ކުރިއަށްދަނީ ގްރޫޕްސްޓޭޖް މެޗުތަކެވެ. ވޯލްޑްކަޕްގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޤަޠަރަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. މީގެ ކުރިން މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައިވެސް އެމަނިކުފާނު ވަނީ ގަތަރަށް ވަޑައިގެން އެގައުމުގެ އަމީރާއި، އިސްވެރިންނާއެކު ބައްދަލުވުންތައް ބާއްވާފައިވެ އެވެ.

ޓެގް

މިއުވާން ރައީސްއިބްރާހިމްމުޙައްމަދުޞޯލިޙު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.