ޚަބަރު ސަމަރުބްލޫ އިބްރާހީމް މަނިކު އަވަހާރަވެއްޖެ

ސަމަރުބްލޫ އިބްރާހީމް މަނިކު އަވަހާރަވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވާފައިވާ ސަމަރުބްލޫ އިބްރާހީމް މަނިކު އަވަހާރަވެއްޖެއެވެ.

ސަމަރުބްލޫ އިބްރާހީމް މަނިކު އަވަހާރަވީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހު އިންޑިއާގައި ފަރުވާ ހޯދަމުން ދަނިކޮށް މިއަދު ހެނދުނެވެ.

ސަމަރުބުލޫ އިބްރާހިމް މަނިކު ވަނީ 1974 އިން ފެށިގެން 2006 އާ ހަމައަށް ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި ވަރަށް އަގުނުކުރެވޭ ފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އަދި އެ ދާއިރާއަށް ގިނަ ބަޔަކު ނެރެދެއްވާފައެވެ.

ސަމަރުބްލޫގެ ޚިދުމަތްތަކުގެ އަގުވަޒަންކުރައްވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފުރަތަމަ ފަހަރަށް ބޭއްވި “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2022” ޙަފްލާގައި އެމަމިކުފާނަށް ވަނީ ބްރޯޑްކާސްޓިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑް އަރުވާފައެވެ.

ޓެގް

ސަމަރުބުލޫ އިބްރާހިމް މަނިކު އަވަހާރަވުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.