ބޭރުދުނިޔެ ކައިވެނި ހަފްލާއެއްގައި ނަށަމުންދިޔަ މީހަކު ހާޓް އެޓޭކެއް ޖެހިގެން މަރުވެއްޖެ (ވީޑިއޯ)

ކައިވެނި ހަފްލާއެއްގައި ނަށަމުންދިޔަ މީހަކު ހާޓް އެޓޭކެއް ޖެހިގެން މަރުވެއްޖެ (ވީޑިއޯ)

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ވައިރަލްވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އިންޑިއާގެ އުއްތަރު ޕްރަދޭޝްއަށް ނިސްބަތްވާ ފިރިހެނަކު ހާޓް އެޓޭކެއް ޖެހުމުގެ ކުޑަ އިރުކޮޅެއް ކުރިން ކައިވެނީގެ ހަފްލާއެއްގައި ނަށާ މަންޒަރު ފެނެއެވެ. އުމުރުން 40 އަހަރުގެ މީހާ މަރުވީ ހާޓް އެޓޭކެއް ޖެހިގެންކަމަށް ރިޕޯޓްތައް ބުނެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އުއްތަރު ޕްރަދޭޝްގެ ވާރަނާސީގައި ކުރިއަށްދިޔަ މި ކައިވެނީގެ ހަފްލާއެއްގައި ނަށަން އުޅެނިކޮށް މަރުވި މީހާ ނަށަމުން ދަނިކޮށް ވެއްޓުނު މަންޒަރު ފެންނަ ވީޑިއޯ މިހާރު ވަނީ ވައިރަލްވެފަ އެވެ.

މަނޯޖް ވިޝްވަކަރްމާ ނަމަކަށް ކިޔާ މި މީހާ މަރުވެފައިވަނީ ޕިލްޕަނީ ކަޓްރާ ކައިރީގައި ބޭއްވި ކައިވެނީގެ ހަފްލާއެއްގައި އާއިލާގެ މީހުންނާ އެކު ޕާޓީ ކުރަމުން ދަނިކޮށެވެ.

މިދިޔަ މަހު ވެސް މިފަދަ ހާދިސާއެއްގައި ދާހޯދު ޑިސްޓްރިކްޓްގައި ބޭއްވި ހަފްލާއެއްގައި 51 އަހަރުގެ ފިރިހެނަކު ވަނީ ޕާޓީ ކުރަމުން ދަނިކޮށް މަރުވެފަ އެވެ.

ޒުވާނުންގެ މެދުގައި ވެސް ހާޓް އެޓޭކް ޖެހުން އާންމުވަމުން އަންނައިރު، މިފަހަކަށް އައިސް ސިދާތު ޝުކްލާ އާއި ލަވަކިޔުންތެރިޔާ ކޭކޭ ފަދަ ޒުވާން ތަރިންގެ ފުރާނަ ވަނީ ކާޑިއެކް އެރެސްޓްގެ ސަބަބުން ގެއްލިފަ އެވެ.

ޓެގް

މަރުގެ ހާދިސާތައް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.