ޚަބަރު

އުކުޅަހު ސްކޫލުގައި ނަށަން ދަސްކޮށްދޭން ފާޅުގައި ދެކޮޅުހެދި ޓީޗަރުންތަކެއް ސަސްޕެންޑްކޮށްފި

އުކުޅަހު ސްކޫލުގައި ނަށަން ދަސްކޮށްދޭން ފާޅުގައި ދެކޮޅުހެދި 3 ޓީޗަރަކު ސަސްޕެންޑްކޮށްފިއެވެ.

އއ. އުކުޅަހު ސްކޫލުގައި ބާއްވާ ކޮންސެޓުގައި މިއުޒިކަށް ނަށަން ދަސްކޮށްދޭން ދެކޮޅު ހެދި އެ ސްކޫލުގެ ތިން ޓީޗަރަކު ސަސްޕެންޑްކޮށްފައިވާއިރު، އެޑިއުކޭޝަން މިނިސްޓްރީން ވަނީ، އެ މައްސަލަ ތަހުގީގުކޮށް ނިމެންދެން އެ ޓީޗަރުން ސްކޫލަށް ނުކުތުން މަނާކޮށް، ލިޔުމެއް ފޮނުވާފަ އެވެ.

ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ސޮއިކުރައްވައި ފޮނުވާފައިވާ އެ އެންގުމުގައި ވަނީ އެ ޓީޗަރުންގެ ވަޒީފާގެ މަސްއޫލިއްޔަތަކީ އަދި ޒިންމާ އަކީ ގައުމީ މަންހަޖާ އެއްގޮތަށް އަމަލުކުރުންކަމަށާއި، ގައުމީ މަންހަޖާ އެއްގޮތަށް އެ ގްރޭޑްތަކުގައި ބަޔާންކުރާ ލަނޑުދަނޑިތައް ހާސިލްވާނެހެން ކުރަން ޖެހޭ ކަންކަމަށް ދެކޮޅު ހަދައި އެކަންކަން ދަރިވަރުންނަށް ރާވައި ހިންގުމަށް ފާޅުގައި ދެކޮޅު ހަދައި އިންކާރުކޮށްފައިވާކަމަށެވެ.

އެލިޔުމުގައި ބުނެފައިވަނީ އެކަމާ ގުޅޭ އިދާރީ ތަހުގީގު ހިންގައި ފިޔަވަޅު އަޅަން ދެން ސްކޫލަށް ދިއުން މަނާކޮށްފައިވާކަމަށެވެ.

އުކުޅަހު ސްކޫލްގެ ޓީޗަރަކު ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީން އެ މީހުން ހަތް ދުވަހަށް ސަސްޕެންޑްކުރީ، އެލްކޭޖީ އަދި ޔޫކޭޖީ ދަރިވަރުންނަށް ކޮންސެޓްގައި ނަށަން ދަސްކޮށްދޭން އިންކާރުކުރުމުންނެވެ. އެ ކޮންސެޓު ބާއްވަނީ، ކުރިން ޓީޗަރުންގެ މަޝްވަރާ އާއި ހިޔާލު ހޯދުމެއް ނެތިއެވެ.

“މިއުޒިކަށް ދަރިވަރުން ނަށަން ދަސްކޮށްދިނުމަކީ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭނެ ކަމެއް ނޫން. އެހެންވެ، އެކަމަށް އިންކާރު ކުރުމުން ފިޔަވަޅު އެޅީ،” ސަސްޕެންޑް ކުރި އަންހެން ޓީޗަރަކު، ނޫހުގައި ނަން ނުޖެހުމަށް އެދި ބުންޏެވެ.

އެއް ކޮމެންޓް

  1. ގައުމީ މަންހަޖައް ކުދިން ހޭނީތީވެ މިހާރަނގަޅު މުޖުތަމައެއް މިއޮތީ ބިނާވެފައި..ވައްކަމައި ޑުރަގައި މާރާމާރީ ކޮރޕްޝަނާއި މިސްކިއްތަކުން ފެންނަޒުވާނުން މަދުވުން މިއީ ގައުމީ މަންހަޖު.. މަންހަޖު ކިޔަވައިގެން ހުރި ކަމަނާޔައް އިލާހެއް ރަސޫލެއް ވަކިނުވާ ދަރަޖައައް މަންހަޖު ކިޔެވިފައި ހުރީ..

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close