ޚަބަރު ދަތުރުކުރަމުންދިޔަ ބާޖެއް ބަންޑުންޖަހާލި ހާދިސާގައި މީހަކު ގެއްލިގެން ހޯދަނީ

ދަތުރުކުރަމުންދިޔަ ބާޖެއް ބަންޑުންޖަހާލި ހާދިސާގައި މީހަކު ގެއްލިގެން ހޯދަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދަތުރުކުރަމުންދިޔަ ބާޖެއް ބަންޑުންޖަހާލި ހާދިސާގައި މީހަކު ގެއްލިގެން ހޯދަމުންދާކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ގދ.ފަރެސްމާތޮޑާއިން ފުރައިގެން 4 މީހުންނާއިއެކު 14ނޯޓިކަލް މޭޅު ބޭރުން ދަތުރުކުރަމުން ދިޔަ “ލިއޯ ސަކްސަސް”ނަމަކަށް ކިޔާ ލޭންޑިންގކްރާފްޓެއް ބަންޑުން ޖަހާލާފައިވާކަމަށެވެ.

އެ ހާދިސާ ހިނގީ ބެޓެރި ފެއިލްވެ، ދިޔަވުމުގެ ސަބަބުން ކަމަށާއި، އޭގެން ދަތުރުކުރި އެކަކު ގެއްލިގެން ހޯދުމަށް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރާކާތްތެރިވާން ފާށާފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ޓެގް

ކަނޑުމަތީގެ ހާދިސާ ކޯސްޓްގާޑް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.