ބޭރުދުނިޔެ

ޓްވިންސެއް ހިމެނޭ ގޮތަށް ހަތް ތުއްތު ކުދިން މަރާލި ނަރުހެއްގެ މައްސަލަ ބަލަނީ

އިނގިރޭސި ވިލާތުގެ މެންޗެސްޓަރ ސިޓީގައި މިދިޔަ ހޯމަދުވަހު ފެންމަތިވި މިމައްސަލައިގައި ޓްވިންސްއެއް ހިމެނޭ ގޮތަށް ހަތް ތުއްތު ކުދިން މަރާލި ކަމަށް ތުހުމަތު ކުރެވޭ ނިއޯނޭޓަލް ނަރުހެއްގެ މައްސަލަ ބަލަން ފަށައިފިއެވެ.

ހަތް ތުއްތު ކުދިން މަރާލި ކަމަށް ތުހުމަތު ކުރެވޭ އެ ނަރުސްމީހާވަނީ އަދި އިތުރު 10 ކުދިން މަރާލަން ރާވާފައެވެ.

ކައުންޓެސް އޮފް ޗެސްޓަރގެ ނިއޯނޭޓަލް ޔުނިޓުގައި އެންމެ ބަލި ތުއްތު ކުދިންނަށް އަޅާލުމުގެ ސްޕެޝަލިސްޓް ތަމްރީނު ލިބިފައިވާ ލޫސީ ލެޓްބީ ނަމަކަށް ކިޔާ ނަރުހަކު އެތަނުގައި މަސައްކަތް ކުރަމުން ދަނިކޮށް އަހަރެއްހާ ދުވަހުގެ ތެރޭގައި 17 ވަރަކަށް ކުރިންވަނީ އޭނާގެ އަނިޔާގެ ޝިކާރައަކަށްވެ މަރާ ހަނގުރާމަ ކުރަންޖެހިފައެވެ.  

މި ނަރުސްމީހާގެ މައްސަލަ މިހާރު ކޯޓަށް ހުށަހަޅާފައިވާއިރު، އޭނާގެ މައްޗަށް އުފުލާފައިވަނީ އެއްމާބަނޑު ކުދިންނަށް އަނިޔާ ކުރުމުގެ މައްސަލަތަކާއި އަދި ބައެއް ހާލަތްތަކުގައި އެޔުނިޓްގައި ތިބޭ ކުދިންނަށް އެކިކަހަލަ އަނިޔާދީގެން މަރާލަން އުޅުނު ކަމުގެ ދައުވާ އެވެ.

އެނަރުސް މީހާވަނީ އޭނާގެ މައްޗަށް ހުށަހަޅާފައިވާ މިފަދަ 22 ދައުވާއަކަށް އިންކާރު ކޮށްފައެވެ. އެއީ 17 ތުއްތު ކުދިންނާ ގުޅޭ ދައުވާތަކެވެ.

ޖޫން 2015 އާއި ޖޫން 2016 އާ ދެމެދު ފަސް ފިރިހެން ކުދިންނާއި ދެ އަންހެން ކުދިން މަރާލުމާއި އިތުރު ފަސް ފިރިހެން ކުދިންނާއި ފަސް އަންހެން ކުދިން މަރާލަން އުޅުނު ކަމަށް ވެސް އޭނާ އިންކާރު ކުރެއެވެ.

ހޯމަ ދުވަހު މެންޗެސްޓާ ކްރައުން ކޯޓުގައި މައްސަލަ ހުޅުއްވަމުން ދައުލަތުގެ ވަކީލު ނިކް ޖޯންސަން ކޭސީ ސިފަކުރެއްވި ގޮތުގައި އެ ހޮސްޕިޓަލަކީ އިނގިރޭސިވިލާތުގެ އެތައް ބަޔަކު ފަރުވާހޯދަން ދާ ހޮސްޕިޓަލެކެވެ.

“އެކަމަކު އިނގިރޭސިވިލާތުގެ އެހެން ގިނަ ހޮސްޕިޓަލްތަކާ ހިލާފަށް އަދި އިނގިރޭސިވިލާތުގެ އެހެން ގިނަ ނިއޯނޭޓަލް ޔުނިޓްތަކާ ހިލާފަށް ކައުންޓެސް އޮފް ޗެސްޓަރގެ ނިއޯނޭޓަލް ޔުނިޓްގެ ތެރޭގައި ވިހަ މީހަކު މަސައްކަތް ކުރަމުން ދިޔަ،” އޭނާ ވިދާޅުވި އެވެ.

އެ ނަރުސް މީހާގެ މައްޗަށް އެންމެބޮޑަށް މިކަން ތުހުމަތު ކުރެވުނީ އެ ހުރިހާ ކުދިން މަރުވި  ހާދިސާތައް ހިނގި ވަގުތުގައި ޑިއުޓީގައި ހުންނަނީ ހަމަ އެ ނަރުސް މީހާ ކަމަށްވުމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close