ޚަބަރު އައްޑޫން ގެއްލުނު ޒުވާނާ މަސްދޯންޏެއްގައި ހުއްޓައި ފެނިއްޖެ

އައްޑޫން ގެއްލުނު ޒުވާނާ މަސްދޯންޏެއްގައި ހުއްޓައި ފެނިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރޭގެ ވަގުތެއްގައި އައްޑޫސިޓީން ގެއްލިގެން ފުލުހުން ހޯދަން އުލާންކުރި ޒުވާނާ މަސްދޯންޏެއްގައި ހުއްޓައި ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ އައްޑޫ ސިޓީގެ ހިތަދޫން ގެއްލިގެން ހޯދި އުބައިދުﷲ ހަސަން ހުރީ މަސްދޯންޏެއްގައި ކަމަށެވެ.

އުމުރުން 28 އަހަރުގެ އުބައިދުﷲ ހަސަން ހުރިތަން ފުލުހުންނަށް ކަށަވަރު ވެފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ.

ފުލުހުން ބުނި ގޮތުގައި އުބައިދުﷲ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު 29 ވަނަ ދުވަހުގެ ހެނދުނު 08:00 ހާއިރު އެވެ.
ރޭ ދަންވަރު ފުލުހުން ހާމަކުރި ގޮތުގައި އުބައިދުﷲއާ ފުލުހުންނާ މިހާރު ވަނީ ގުޅިފަ އެވެ.

އޭނާގެ ހާލު ރަނގަޅު ކަމަށާއި އޭނާއާ ގުޅުނުއިރު ހުރީ މަސްދޯންޏެއްގައި ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އައްޑޫއިން ގެއްލުނު ޒުވާނާ ފެނިފައިވާއިރު، ހުޅުމާލެއިން ގެއްލިގެން ހޯދި އަޒުހާން މުހައްމަދުގެ ހަށިގަނޑު ކަމަށް ބެލެވޭ ހަށިގަނޑެއް ރޭ ހުޅުމާލެއިން ވަނީ ފެނިފަ އެވެ.

ޓެގް

ޒުވާނުން ގެއްލުނު އައްޑޫސިޓީ ޕޮލިސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.