ޚަބަރު ހިންނަވަރުގައި ވޮލީބޯޅަ ކުޅެން ހުރި ޒުވާނަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ހިންނަވަރުގައި ވޮލީބޯޅަ ކުޅެން ހުރި ޒުވާނަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


ޅ. ހިންނަވަރުގައި ވޮލީބޯޅަ މެޗެއް ކުޅެން ހުއްޓައި އެ ރަށު ޒުވާނަކު ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.


ހިންނަވަރު ކައުންސިލް މެންބަރު ހަސަން ވަހީދު އަބްދުﷲ އޮންލައިން ނޫސް”ސަން”އަށް ވިދާޅުވިކަމަށް އެނޫހުގައި ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު އެ ރަށުގައި މެޗެއް ކުޅެނިކޮށް މަރުވީ އެ ރަށު މުބްތަދާ އަލީ ކަމަށެވެ.

އޭނާ މަރުވީ މެޔަށް ތަދެއް އަރައިގެން ވެއްޓިގެން ކަމަށް ވެސް އަބްދުﷲ ވިދާޅުވިއެވެ.

އޭނާއަށް ފަރުވާ ދިނުމަށް ޅ. ނައިފަރަށް ގެންދިޔަކަމަށާއި، އޭނާ ނިޔާވެފައިވަނީ ނައިފަރަށް ގެންދިޔުމުގެ ކުރިންކަމެއް ނުވަތަ ނައިފަރުގައި ފަރުވާ ދެމުން ދަނިކޮށް ކަމެއް އަދި ނޭނގޭކަމަށް ހަސަން ވިދާޅުވިއެވެ.

ރާއްޖޭގައި ކުއްލި މަރުތައް ގިނަވަމުން ދާއިރު، ރޭވެސް ވަނީ ޖަލު ބަލަހަށްޓަން ހުރި 32 އަހަރުގެ ޒުވާނު އޮފިސަރަކު ކުއްލިގޮތަކަށް ނިޔާވެފައެވެ.

ޓެގް

ހިންނަވަރު މަރުގެ ހާދިސާތައް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.