ޚަބަރު މިއަދުލޮލުން ފާއްދާލަނީފުންއަސަރުގެކަރުނަ: ރައީސް ޔާމީން

މިއަދުލޮލުން ފާއްދާލަނީފުންއަސަރުގެކަރުނަ: ރައީސް ޔާމީން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ މިއަހަރުގެ ފަޚުރުވެރި ގައުމީ ދުވަހުގެ ތަހުނިޔާ އެންމެހައި ރައްޔިތުންނަށް އަރިސްކުރައްވަމުން ރައީސް ޔާމީން މިއަދު ވަރަށް އަސަރުގަދަ އަދި މާނަފަހުން ބަސްފުޅެއް ޓްވީޓާއަށް ދޫކޮށްލައްވައިފިއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސްޔާމީން ވިދާޅުވީ ޤައުމީ ދުވަސް މިއަދު ފާހަގުކާއިރު، މިހާރު ލޮލުން ފޭދެނީ ފުން އަސަރުގެ ކަރުނަ ކަމަށެވެ.

އެޓްވީޓްގައި އިތުރަށް ވިދާޅުވީ “ބަނަވެ ނާމާންވަމުންދާ ދުވަސްތަކެއްގެ” ހިތްދަތިކަމާއެކު ޤައުމީދުވަހުގެ ހެޔޮއެދުންތައް ލޮބުވެތިރައްޔިތުންގެ އަރިހަށްފޮނުވަމެވެ. މިފަދައިންނެވެ.

ގައުމީ ދުވަސް އެ ބޭފުޅަކާ ގުޅުވައިގެން ފާހަގަކުރާ ބޮޑުތަކުރުފާނުގެ ޖިހާދުގެ ހަނދާން އާ ކުރައްވަމުން ޔާމީން ވިދާޅުވީ، މިއަދު ލޮލުން ފާއްދާލަނީ ފުން އަސަރުގެ ކަރުނަ ކަމަށެވެ.

“ބޮޑުތަކުރުފާނުގެ މަތިވެރި ޖިހާދެވެ. ނަމަވެސް މިއަދު ލޮލުން ފާއްދާލަނީ ފުން އަސަރުގެ ކަރުނަ އެވެ،” އިދިކޮޅު ލީޑަރެއްގެ ގޮތުގައި ހުންނަވައި ޤައުމުގެ މިއަދުގެ ހާލަތު އެމަނިކުފާނަށް ސިފަވާގޮތް ރައްޔިތުންނާ ހިއްސާކުރެއްވިއެވެ.

އަންނަ ރިޔާސީ އިންތިޚާބުގެ ޓިކެޓް ޕީޕީއެމުން ރައީސް ޔާމީނަށް އަރުވާފައިވީނަމަވެސް އެމަނިކުފާނަށް ރައީސް ކަމުގެ ރޭހުގައި ވާދަކުރެއްވޭނީ މިހާރު ކޯޓްގައި ހިނގަމުންދާ ރިޝްވަތުގެ ތުހުމަތުގެ މައްސަލައިގައި އެމަނިކުފާނަށް އިތުރު ހުކެއް ނައިސްފިއްޔާއެވެ.

ޓެގް

ޤައުމީދުވަސް ރައީސްޔާމީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.