ޚަބަރު މަހަށް ނުކުމެ އުޅެނިކޮށް ކުއްލިގޮތަކަށް މަސްވެރިޔަކު ނިޔާވެއްޖެ

މަހަށް ނުކުމެ އުޅެނިކޮށް ކުއްލިގޮތަކަށް މަސްވެރިޔަކު ނިޔާވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


މަހަށް ނުކުމެ އުޅެނިކޮށް މަސްވެރިޔަކު ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ ގއ ގެމަނަފުށްޓަށް ނިސްބަތްވާ މީހެކެވެ. އަދި މިހާރު އެމީހާ އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ގެމަނަފުށްޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މައުލޫމަތު ލިބޭގޮތުގައި މަހަށް ނުކުމެ އުޅެނިކޮށް ނިޔާވީ ގެމަނަފުށްޓަށް ނިސްބަތްވާ މުހައްމަދު ވަސީމް ނަމަކަށް ކިޔާ މީހެކެވެ. އުމުރުން 53 އަހަރުގެ އެ މީހާ ނިޔާވީ ކުއްލި އަކަށް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

އެނާ ނިޔާވީ މިއަދު މެންދުރު 15:00 ހާއިރު ކަމަށާއި، އޭރު މަސްވެރިކަމަށް ނިކުމެ ތިބީ ގެމަނަފުއްޓާއި 50 މޭލު ދުރުން ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ޓެގް

ކަނޑުމަތީގެ ހާދިސާ މަސްވެރިން މަރުގެ ހާދިސާތައް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.