ޚަބަރު ފަރަށް އަރައި ހުދަންބަރު 12 ބިންދައިގެން ހިނގައްޖެ

ފަރަށް އަރައި ހުދަންބަރު 12 ބިންދައިގެން ހިނގައްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


ފ.އަތޮޅު “ހިމިތި” ފަރަށް ހުދަންބަރު 12 ކިޔާ މަސްދޯންޏެއް އަރައި، ދޯނި ބިންދައިގެން ހިނގައްޖެއެވެ.

ކ.ގާފަރަށް ނިސްބަތްވާ އެ ދޯނި ފަރަށް އަރާފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކެޔޮޅު ފަތިސް ނަމާދު ކުރުމަށްޓަކައި އެހެން މީހެއްގެ އަތަށް ހުންގާނު ދިން ފަހުން ކަމަށް މަޢުލޫމާތުލިބެއެވެ.

ދޯނީގައި އެވަގުތު 12 ފަޅުވެރިން ތިބިއިރު، އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށް މަޢުލޫމާތުލިބެއެވެ. ދިގުމިނުގައި 80 ވަރަކަށް ފޫޓް ހުންނަ އެ ދޯނި ފަރަށް އެރިއިރު 10 ޓަނުގެ މަސްހުރިކަމަށް މަޢުލޫމާތުލިބެއެވެ.

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފްއިން ވިދާޅުވީ މަސްވެރިކަން ކުރަމުންދިޔަ ހުދަންބަރު ދޯނި ފަރަކަށް އަރައިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ސެންޓަރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑަށް މިއަދު ހެނދުނު 6:30 ހާއިރު ލިބުމާއިއެކު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ތާރޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ޓެގް

ފަރަށްއެރުން މަސްދޯނި ހުދަންބަރު ގާފަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.