ޚަބަރު މާފުށީ ޖަލުގައި ވާނުވާ ޖަހާފައި ހުރިމީހަކު ކުއްލިގޮތަކަށް މަރުވެއްޖެ

މާފުށީ ޖަލުގައި ވާނުވާ ޖަހާފައި ހުރިމީހަކު ކުއްލިގޮތަކަށް މަރުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާފުށީ ޖަލުގައި ވާނުވާ ޖަހާފައި ހުރިމީހަކު ކުއްލިގޮތަކަށް މަރުވެއްޖެ އެވެ.

ކަރެކްޝަންސް އިން ބުނީ މަރުވެފައިވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މ. މުލި ހުދުފިނިފެންމާގޭ މުހައްމަދު ނަޝީދު (43 އ) ކަމަށާއި އޭނާ މަރުވީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

ނަޝީދު ނޭވާ ނުލާތީ އޭނާގެ ގޮޅީގައި ހުންނަ ބަންދު މީހަކު ޕްރިޒަން އޮފިސަރުންނަށް އެންގުމުން، އޭނާ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ސީޕީއާރު ދެވިފައިވާ ކަމަށާއި ސީޕީއާރަށް ފަހުވެސް ނޭވާ ނުލުމުން، ޑޮކްޓަރު ވަނީ މިއަދު ހަވީރު 5:26 ހާއިރު އޭނާ މަރުވި ކަމަށް ކަނޑައަޅާފައި ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

ނަޝީދަކީ މަސްތުވާތަކެތީގެ މައްސަލައެއްގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.

ޓެގް

މާފުށީޖަލު ގައިދީން މަރުގެ ހާދިސާތައް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.