ޚަބަރު ލިވާތު ކުރިކަމަށް އެއްބަސްވެ ކުށްސާބިތުވުމުން ނާޒިމް ސައްތާރު 3 މަހަށް ގޭބަންދަށް ހުކުމް ކޮށްފި

ލިވާތު ކުރިކަމަށް އެއްބަސްވެ ކުށްސާބިތުވުމުން ނާޒިމް ސައްތާރު 3 މަހަށް ގޭބަންދަށް ހުކުމް ކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް


އެއްޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފުވެފައިވާ ގާނޫނީ ވަކީލު އަހުމަދު ނާޒިމް ސައްތާރުގެ މައްޗަށް އެ ކުށް ސާބިތުވުމުން ތިން މަހަށް ގޭ ބަންދު ކުރުމަށް ކްރިމިނަލް ހުކުމް ކޮށްފިއެވެ.

ބަންގްލަދޭޝްގެ އަލަމްގީރް އާއެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާންމުވުމުން ނުރުހުން އަމާޒުވެފައިވާ ނާޒިމް ވަނީ މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިއުތިރާފުވެފައެވެ.

އެހެންވެ، ކްރިމިނަލް ކޯޓުގައި މި މައްސަލަ ކުރިޔަށް ގެންގޮސްފައިވަނީ އަވަސް ނިޔާގެ ޝަރީއަތެއްގެ ގޮތުގައެވެ.

މިއަދު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ ދައުލަތުން ނާޒިމްގެ މައްޗަށް އުފުލާފައިވާ އެއްޖިންސުން ގުޅުންހިންގުމުގެ ކުށުގެ ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވެފައިވާތީ އޭނާ ތިން މަހާއި 26 ދުވަހަށް އޭނާ ގޭ ބަންދު ކުރުމަށް ހުކުމް ކޮށްފައެވެ.

އެފަދަ ހުކުމެއް އޭނާގެ މައްޗަށް އައިސްފައިވަނީ އެއީ އޭނާ ކުށެއް ކުރި ފުރަތަމަ ފަހަރަށްވެފަ، އިއުތިރާފުވެފައިވާތީ ދެ ދަރަޖަ ދަށް ކުރުމުންނެވެ.

ގިނަ އަދަދެއްގެ ދިވެހި ފިރިހެނުންނާއެކު އެއްޖިންސުން ގުޅުން ހިންގި ބަންގްލަދޭޝްގެ އަލަމްގިރްއާއެކު ނާޒިމް އެއްޖިންސުން ގުޅުން ހިންގި ކަމަށް އަލްމްގިރް ވަނީ ޝަރީއަތުގައި އިއުތިރާފުވެފައެވެ. އެހެންވެ އެއްޖިންސުން ގުޅުން ހިންގުމުގެ ކުށް ސާބިތުވެ، އަލަމްގިރް މިހާރު ދަނީ ޖަލުހުކުމެއް ތަންފީޒުކުރަމުންނެވެ.

އަލަންގިރް އާއެއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އެހެން ބައެއް މީހުންގެ މައްޗަށް ވެސް ދައުވާ އުފުލާފައިވެއެވެ. އޭގެތެރެއިން ބައެއް މީހުންގެ ޝަރީއަތް ވަނީ ކްރިމިނަލް ކޯޓުގައި ފަށައިފައެވެ.

މިއަދު ހުކުމް ކުރުމުގެ ކުރިން ނާޒިމްގެ ފަރާތުން ވަނީ ބަޔާނެއް ވެސް ނެރެފައެވެ. އެ ބަޔާނުގައި އޭނާ ބުނެފައިވަނީ ރާއްޖޭން ނުގޮސް ޝަރީއަތް ފުރިހަމަ ކުރަނީ އޭނާ ތައުބާވާން ބެނުންވާތީ ކަމަށާއި ދިވެހި ރައްޔިތުންގެ ކިބައިން މާފަށް އެދޭ ކަމަށެވެ.

“އަޅުގަނޑު ކުށަށް މި އިއުތިރާފްވަނީ އަޅުގަނޑަކީ މިކަމުގައި ކުށްވެރިއަކަށްވުމުގެ އިތުރުން މިކަމުގައި އަޅުގަނޑު ބްލެކްމެއިލްކޮށް ފައިސާ އަތުލަން އުޅެ، އެ މައްސަލައިގައި އަޅުގަނޑަކީ ވިކްޓަމެއް ކަމުގައިވާ އިރު ވެސް މެއެވެ،” ބަޔާނުގައި ނާޒިމް ބުންޏެވެ.

ނާޒިމް ބުނީ އޭނާ ރާއްޖެ އިން ބޭރަށް ފިލައިގެން ނުގޮސް ރާއްޖޭގައި ހުރީ އެކަމަށް އިއުތިރާފްވެ، ކުށުގެ އަދަބާ ކުރިމަތިލާން ބޭނުންވާތީ ކަމަށެވެ.

“އަޅުގަނޑު އެދެނީ މި ކުށަށް އިއުތިރާފްވެ، ތައުބާވެ، ރައްޔިތުންގެ އަރިހުން މާފެވެ،” ބަޔާނުގައިވެއެވެ.

އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގާ މިހާތަނަށް ހުކުމް ކޮށްފައިވަނީ ނާޒިމްގެ މައްޗަށް އެކަންޏެވެ. އެކަމަކު އެ މައްސަލައިގާ ހިމެނޭ އިތުރު މީހުންގެ މައްސަލަ ވެސް މަޑުމަޑުން އެބަ ހިނގައެވެ.

ޓެގް

ނާޒިމް ސައްތާރު ލިވާޠު އެއްޖިންސުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.