މަގްޑެލީނާ އެންޑަސަން: ކަނާތުފިޔައިގެ ޕާޓީތަކުން އިންތިޚާބު ކާމިޔާބު ކުރުމުން ސްވިޑެންގެ ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވަނީ
މިދިޔަ އާދީއްތަ ދުވަހު ސްވިޑަންގައި ބޭއްވި ޢާއްމު އިންތިހާބުގައި އެގައުމުގެ ސަރުކާރު ބަލިވުމުން ސްވިޑެންގެ ބޮޑުވަޒީރު މަގްޑެލީނާ އެންޑަސަން ވެރިކަމުން ވަކިވާނެ ކަމަށް ވިދާޅުވެއްޖެއެވެ.
މި އިންތިޚާބުގައި ބޮޑުވަޒީރު މަގްޑެލީނާ އެންޑަސަން ހަނިއަޣުލަބިއްޔަތަކުން ބަލިވާނެ ކަމަށް ބެލެވެނީ، 176 ގޮނޑި 173 ގޮނޑިންނެވެ. އެއީ %99 ވޯޓު މިހާތަނަށް ގުނާފައި އޮތުމުންނެވެ.
މިނަތީޖާ އާއި އެކު މޮޑެރޭޓް ޕާޓީގެ ލީޑަރު އުލްފް ކްރިސްޓާސަން ވަރަށް އަވަހަށް ގުޅިފައިވާ ސަރުކާރެއް އެކުލަވާލާނެ ކަމަށް ބެލެވެ އެވެ.
ބޮޑުވަޒީރު އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރެއްވިނަމަވެސް ސްވިޑެންގައި ސްޓޭންޑަޑް ޕްރެކްޓިސްއެއް ކަމަށްވާ ރީކައުންޓަށް ފަހު ފައިނަލް ނަތީޖާ އަދިވެސް ކަށަވަރު ނުކުރެވެ އެވެ.
އެކަމަކު މިހެން ކަންތައް ވިޔަސް، ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިސް އެންޑަސަން ވަނީ ބަލި ގަބޫލުކޮށް، ބުރާސްފަތި ދުވަހު ރަސްމީކޮށް އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
“މަޖިލީހުގައި އެބޭފުޅުންނަށް އެއް ގޮނޑި ނުވަތަ ދެ ގޮނޑި އެޑްވާންޓޭޖެއް އެބައޮތް،” “އެއީ ކުޑަކުޑަ މެޖޯރިޓީއެއް ނަމަވެސް އެއީ މެޖޯރިޓީއެއް.” އެންޑަސަން ވިދާޅުވި އެވެ.
ސްވިޑަންގެ އެކި ބްލޮކް ތަކުގައި ކުރިއަށް ގެންދިޔަ އިންތިޚާބީ ކެމްޕޭނުގައި ގޭންގުތަކާއި އިމިގްރޭޝަން އަދި އިންޓަގްރޭޝަންގެ މައްސަލަތަކުގެ އިތުރުން ކަރަންޓުގެ އަގު އުފުލިގެން ދިޔަ މައްސަލަ އޮތީ ވަރަށް ބޮޑުވެފަ އެވެ.
މިސް އެންޑަސަން އަކީ މިދިޔަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އެ ގައުމުގެ ފުރަތަމަ އަންހެން ބޮޑުވަޒީރެވެ. އޭނާ ވެރިކަމަށް އިސްވި ފުރަތަމަ ދުވަހު މަގާމުން ވަކިވެ ވަޑައިގަތެވެ. ނަމަވެސް އޭގެ މާގިނަ ދުވަހެއް ނުވެ އެނބުރި ވެރިކަމަށް ވަޑައިގެންނެވި އެވެ.
އެކަމަނާ އިންތިޚާބުގައި ބަލިވީ ސްވިޑެން ޑިމޮކްރެޓުންނާއި މޮޑެރޭޓް ޕާޓީއާއި ކްރިސްޓިއަން ޑިމޮކްރެޓުންނާއި ލިބަރަލް ޕާޓީން އެކުލެވޭ ހަތަރު ޕާޓީގެ ކަނާތުފިޔައިގެ ބްލޮކަކުންނެވެ.
އެއީ ސްވިޑެންގެ ސިޔާސީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ހަލަބޮލިކަމެއްކަމަށް ސިޔާސީ ބޭފުޅުން ވިދާޅުވެއެވެ. ސްވިޑެންގެ ޑިމޮކްރެޓުންނަކީ އެއް ޒަމާނެއްގައި ސިޔާސީ ޕާޓީތަކުގެ މާބޮޑު ސަޕޯޓެއް ނެތްނަމަވެސް މިހާރު ވަނީ ގާތްގަނޑަކަށް %20 ވޯޓު ހޯދާފައެވެ.
އެ ޕާޓީންވަނީ ޖަލަށް ލެވޭ ކުށްވެރިންނާއި މެދު ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެކަމަށް ބުނެ، އިމިގްރޭޝަން ގެ ކަންކަންވެސް މިހާރަށްވުރެ ރަނގަޅުކޮށް “ސްވިޑެން އަނެއްކާވެސް ރައްކާތެރި ކުރުމަށް” ވައުދުވެފަ އެވެ.
އެހެންނަމަވެސް މިފަހަރު ބޮޑުވަޒީރުގެ މަޤާމަށް ވަޑައިގަންނަވާނީ އެ ޕާޓީގެ ލީޑަރު ޖިމީ އެކަރސަން ނޫން ކަމަށް ބީބީސީގެ މެޑީ ސޭވޭޖް ސްޓޮކްހޯމް އިން ރިޕޯޓްކުރެއެވެ. ސަބަބަކީ މައި ހަތަރު ޕާޓީގެ ވެސް ފުރިހަމަ ތާއީދު އޭނާއަށް ލިބިފައި ނުވާތީ އެވެ.
އޭގެ ބަދަލުގައި މޮޑެރޭޓްސްގެ ލީޑަރު އުލްފް ކްރިސްޓާސަން ވަނީ ސަރުކާރެއް އެކުލަވާލަން ފަށާނެ ކަމަށް ވިދާޅުވެފަ އެވެ.
“މުޅި ސްވިޑެން އާއި އެގައުމުގެ ހުރިހާ ރައްޔިތުންނަށް އާ، ހަމަޖެހޭ އަދި ވަރުގަދަ ސަރުކާރެއް އުފެއްދުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަން ތައްޔާރަށް މިހުރީ،” ކްރިސްޓާސަން ބުދަ ދުވަހު ވިދާޅުވި އެވެ.
ސްވިޑެން ޑިމޮކްރެޓްސް ޕާޓީއަކީ 1980 ގެ އަހަރުތަކުގެ ފަހުކޮޅު ނިއޯ ނާޒީ ހަރަކާތެއްގެ ތެރެއިން އުފެދުނު ޕާޓީއެއް ނަމަވެސް، އެ ޕާޓީގެ ތަސްވީރު ޕޮލިޝް ކުރަން މަސައްކަތް ކުރަމުން ދަނިކޮށް މަޑުމަޑުން ވަނީ ވަރުގަދަވެފަ އެވެ.



