ޚަބަރު ނާޒިމް ސައްތާރުގެ މައްޗަށް ކުރާ އެއްޖިންސުން ގުޅުންހިންގުމުގެ ދައުވާގެ ހުކުމް ކުރުން މާދަމާއަށް ތާވަލްކޮށްފި

ނާޒިމް ސައްތާރުގެ މައްޗަށް ކުރާ އެއްޖިންސުން ގުޅުންހިންގުމުގެ ދައުވާގެ ހުކުމް ކުރުން މާދަމާއަށް ތާވަލްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިންގެ ގިނަ ޢަދަދެއްގެ ފިރިހެނުން ތަކަކާއެކު އެއްޖިއްސުން ގުޅުން ހިންގިކަމަށް އެއްބަސްވެފައިވާ އަލަމްގިރި އާއި އެކު އެއްޖިންސުން ގުޅުން ހިންގިކަމަށް އިއުތިރާފްވެފައިވާ ގާނޫނީ ވަކީލު ނާޒިމް ސައްތާރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ އެއްޖިންސުން ގުޅުންހިންގުމުގެ ދައުވާގެ ހުކުމް ކުރުން މާދަމާއަށް ތާވަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި ތާވަލްގައިވާ ގޮތުން ނާޒިމް ސައްތާރަށް ހުކުމް ކުރުން އޮތީ މާދަމާ ހަވީރު 4:30 ގައި އެވެ. އެ ޝަރީއަތް ކުރިއަށްދާނީ އޮންލައިންކޮށެވެ.

ނާޒިމް ވަނީ އޭނާ އަލަމްގީރްއާއިއެކުގައި ބަދުއަހުލާގީ އަމަލު ހިންގި ކަމަށް އިއުތިރާފް ވެފައެވެ.

ނާޒިމް އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ލީކުވެ، އެ މައްސަލައިގެ ތަހުގީގަށް އޭނާ ފުރުން އޮތީ މަނާކޮށްފައެވެ. އެމައްސަލައިގައި އޭނާ ހައްޔަރު ވެސް ކުރިއެވެ. ނަމަވެސް މިހާރު ހުރީ ބަންދުން ދޫކޮށްލާފައެވެ.

އެއްޖިންސުން ގުޅުން ހިންގުމުގެ ކުށް ސާބިތުވެ، އަލަމްގިރް މިހާރު ދަނީ ޖަލުހުކުމެއް ތަންފީޒުކުރަމުންނެވެ.

އަލަމްގީރް އާއެއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އެހެން ބައެއް މީހުންގެ މައްޗަށްވެސް ދައުވާ އުފުލާފައިވެ އެވެ. އޭގެތެރެއިން ބައެއް މީހުންގެ ޝަރީއަތް ވަނީ ކްރިމިނަލް ކޯޓުގައި ފަށައިފައެވެ.

ޓެގް

ނާޒިމް ސައްތާރު އެއްޖިންސުން އަލަމްގިރި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.