ކެންސަރަށް މަގުފަހިވާތީ، ޢާއްމު ބައެއް ބޭސްތައް އެސެންޝިއަލް މެޑިސިންސް’ ލިސްޓުން އުނިކޮށްފި
ޢާއްމު ކޮށް ބޭނުންކުރަމުން އަންނަ ބައެއް ބޭސްތައް ކެންސަރަށް މަގުފަހިވާތީ، އަވަށްޓެރި އިންޑިއާގައި އެކުލަވާލައިފައިވާ، އެސެންޝިއަލް މެޑިސިންސް’ ލިސްޓުން އުނިކޮށްފިއެވެ.
އިންޑިއާގެ ހެލްތް މިނިސްޓްރީން އެ އެލިސްޓުން އުނިކޮށްފައިވާ މެޑިސިންތަކުގެ ތެރޭގައި އެންމެބޮޑަށް ފާހަގަކޮށްލެވެނީ ގޭސް ސްޓްރިކްގެ މައްސަލަތަކާއި، ބަނޑުގައި ރިއްސުންފަދަ އެކިކަހަލަ މައްސަލަތަކަށް ޑޮކްޓަރުން ޢާއްމުކޮށް ލިޔެދޭ ބޭހެއް ކަމުގައިވާ ރެނިޓިޑައިން އެވެ.
މަޝްހޫރު އެންޓާސިޑް ސޯލްޓް ރެނިޓިޑައިން، އެޝެންޝިއަލް މެޑިސިން ލިސްޓުން އުނިކޮށްފައިވާއިރު، އެ ލިސްޓުން ޖުމުލަ 26 ބޭހެއް ވަނީ ނަގާފައެވެ.
ރެނިޓިޑައިން އަކީ އާންމުކޮށް އެސިލޮކް، ޒިނެޓެކް، އަދި ރަންޓަކް ފަދަ ބްރޭންޑް ނަންތަކުގެ ދަށުން ވިއްކާ ބޭހެކެވެ. އެއީ އާންމުކޮށް އެސިޑިޓީ އާއި ބަނޑުގައި ރިއްސުމާ ގުޅުން ހުރި މައްސަލަތަކަށް ޑޮކްޓަރުން ލިޔެދޭ އެއްޗެކެވެ.
އިންޑިއާގެ ހެލްތު މިނިސްޓްރީން އާދިއްތަ ދުވަހު އާންމުކުރި އާ ނޭޝަނަލް ލިސްޓް އޮފް އެސެންޝިއަލް މެޑިސިންސް (އެންއެލްއީއެމް) ގައި 384 ބޭހެއް ހިމެނެ އެވެ.
އުނިކޮށްފައިވާ 26 ބޭހުގެ ތެރޭގައި ހިމެނެނީ؛
1. އަލްޓެޕްލޭސް
2. އެޓެނޮލޯލް
3. ބްލީޗިންގ ޕައުޑަރ
4. ކެޕްރިއޮމައިސިން
5. ސެޓްރިމައިޑް
6. ކްލޯރފެނިރަމިން
7. ޑައިލޮކްސޭނައިޑް ފިއުރޯއޭޓް
8. ޑައިމަރކަޕްރޯލް
9. އެރިތޮރޮމައިސިން
10. އެތިނިލެސްޓްރަޑިއޯލް
11. އެތިނިލެސްޓްރަޑިއޯލް(އޭ) ނޮރެތިސްޓެރޯން (ބީ) .
12. ގަންސިކްލޯވިރ
13. ކަނާމައިސިން
14. ލަމިވުޑައިން (އޭ) + ނެވިރަޕިން (ބީ) + ސްޓޭވުޑައިން (ސީ) .
15. ލެފްލޫނޮމައިޑް
16. މެތައިލްޑޯޕާ
17. ނިކޮޓިނަމައިޑް
18. ޕެގްލައިލެޓެޑް އިންޓަރފެރޯން އަލްފާ 2a، ޕެގްލައިލެޓެޑް އިންޓަރފެރޯން އަލްފާ 2ބ
19. ޕެންޓަމިޑައިން
20. ޕްރިލޮކޭއިން (އޭ) + ލިގްނޯކޭއިން (ބީ) .
21. ޕްރޮކާރބަޒިން
22. ރަނިޓިޑައިން
23. ރިފާބޫޓިން
24. ސްޓޭވުޑައިން (އޭ) + ލަމިވުޑައިން (ބީ) 25. ސުކްރަލްފޭޓް
26. ވައިޓް ޕެޓްރޯލެޓަމް
ކެންސަރާ ގުޅުން ހުރި ކަންބޮޑުވުންތަކުގެ ސަބަބުން މުޅި ދުނިޔޭގައިވެސް ރެނިޓިޑައިން ޓެސްޓިން މަރުޙަލާގައި އޮތްއިރު، ކޮންމެހެން ބޭނުންވާ ސްޓޮކުން އެބޭސް ނެގުމާ ބެހޭ ތަފްސީލުތައް ހެލްތު މިނިސްޓްރީން ވަނީ އިންޑިއާގެ ޑްރަގް ކޮންޓްރޯލާ ޖެނެރަލް އާއި އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އޭއައިއެމްއެސް) އާ މަޝްވަރާކޮށްފަ އެވެ.





