ޚަބަރު ދިވެހި ޒުވާނަކު އަނެއްކާވެސް ކުއްލި ގޮތަކަށް ނިޔާވެއްޖެ

ދިވެހި ޒުވާނަކު އަނެއްކާވެސް ކުއްލި ގޮތަކަށް ނިޔާވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


ދިވެހި ޒުވާނަކު އަނެއްކާވެސް ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.

މައުލޫމާތު ލިބޭގޮތުގައި ދިވެހި ޒުވާން ފިރިހެނަކު ކުއްލި ގޮތަކަށް ނިޔާވެފައި ވަނީ ރޭގެ ވަގުތެއްގައި ހުޅުމާލޭގައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެ ޒުވާނާ ނިޔާވެފައި އޮއްވާ ފެނިފައި ވަނީ ރޭގެ ވަގުތެއްގައި އޭނާ ދިރިއުޅޭ ގެއިންނެވެ.

އޭނާ ނިޔާވީ ކިހިނެއް ވެގެންކަން އަދި ސާފެއް ނުވެއެވެ.

އެ ޒުވާނާގެ ހަށިގަނޑު މިވަގުތު ހުޅުމާލެ ހޮސްޕިޓަލްގައި އޮތްއިރު، އޭނާގެ މަރާއި ގުޅޭ ގޮތުން ރަސްމީ އިދާރާއަކުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

މިފަހަރަކަށް އައިސް ދިވެހި ޒުވާނުން ކުއްލިމަރުތަކުން މަރުވަމުން ދާއިރު، މިއީ ފާއިތުވި ތިން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ކުއްލި ގޮތަކަށް ނިޔާވި ހަތަރު ވަނަ ޒުވާނާ އެވެ.

އެގޮތުން އެންމެ ފަހުން ޒުވާނަކު ކުއްލި ގޮތަކަށް ނިޔާވެފައިވަނީ ތ. އަތޮޅު ތިމަރަފުށީގައެވެ.

ޓެގް

ހުޅުމާހޮސްޕިޓަލް މަރުގެ ހާދިސާތައް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.