ބޭރުދުނިޔެ އިނގިރޭސި ރާނީ ކްއީން އެލިޒަބަތު އަވަހާރަވެއްޖެ

އިނގިރޭސި ރާނީ ކްއީން އެލިޒަބަތު އަވަހާރަވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިނގިރޭސި ވިލާތުގެ ރާނީ ކުއީން އެލިޒަބަތު ދެވަނަ އަވަހާރަ ވެއްޖެ ކަމަށް ބަކިންހަމް ޕެލަސް އިން ބުނެފި އެވެ.
އިނގިރޭސިވިލާތުގެ އެންމެ ގިނަ ދުވަހު ރަނިކަން ކުރެއްވި ރާނީ އެލިޒަބަތު ދެވަނަ އުމުރުން 96 އަހަރުގައި ބަލްމޯރަލްގައި އަވަހާރަވީ ގިނަދުވަސްތަކެއްގައި އާލާސްކަންފުޅާ އުޅުއްވުމަށްފަހު އެވެ.

އެކަމަނާގެ އާއިލާ ބޭފުޅުން ސްކޮޓްލޭންޑްގެ އެސްޓޭޓަށް އެއްވީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި އެކަމަނާގެ ހާލުކޮޅު މާ ބޮޑުވުމުންނެވެ.

ރާނީ 1952 ވަނަ އަހަރު ތަޚުތަށް ވަޑައިގެން އިޖުތިމާޢީ ގޮތުން ބޮޑެތި ބަދަލުތަކެއް ގެންނެވިއެވެ.

އެކަމަނާ އަވަހާރަވުމާއެކު، ކޮމަންވެލްތުގެ 14 ސަރަހައްދަކަށް އާ ރަސްގެފާނާއި ދައުލަތުގެ ވެރިޔާގެ މަގާމުގައި ހުންނަވައިގެން، ކުރީގެ ޕްރިންސް އޮފް ވޭލްސްގެ ދޮށީ ދަރިކަލުން ޗާލްސް ލީޑް ކުރައްވާނެ އެވެ.

ޕްރިންސް ޗާލްސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، “އަޅުގަނޑުގެ ލޮބުވެތި މަންމަ ރާނީގެ އަވަހާރަވުމަކީ، އަހަންނާއި އަހަރެންގެ އާއިލާގެ ހުރިހާ މެންބަރުންނަށް ލިބުނު އެންމެ ބޮޑު ހިތާމަ” ކަމަށެވެ.

“އަޅުގަނޑުމެން ވަރަށް ބޮޑަށް ހިތާމަކުރަން ލޯބިވާ ސޮވަރިން އަދި ވަރަށް ލޯބިވާ މަންމައެއް އަވަހާރަވުމުން. އަޅުގަނޑަށް އެނގޭ އެކަމަނާގެ ވަކިވެދިއުން މުޅި ގައުމާއި ރިއަލްމްސް އަދި ކޮމަންވެލްތު، އަދި ދުނިޔޭގެ ވަރަށް ގިނަ ބަޔަކަށް ވަރަށް ފުންކޮށް އިހުސާސް ކުރެވޭނެކަން.”
ބަކިންހަމް ޕެލަސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ރާނީ މިއަދު މެންދުރު ބަލްމޯރަލްގައި އަވަހާރަވީ އާދައިގެ ގުދުރަތީ މަރަކުން ކަމަށެވެ.

ޓެގް

ކްއީންއެލިޒަބަތު އިނގިރޭސިވިލާތް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.