ޚަބަރު 29 އަހަރުގެ ޒުވާނަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

29 އަހަރުގެ ޒުވާނަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


29 އަހަރުގެ ޒުވާން ފިރިހެނަކު ތ.ތިމަރަފުށީ ގައި ކުއްލި ގޮތަކަށް ރޭ ނިޔާވެއްޖެއެވެ.

ރޭ ކުއްލި ގޮތަކަށް ނިޔާވެފައި ވަނީ ތިމަރަފުށީ ކަށިމާގެ އުމުރުން 29 އަހަރުގެ އަހްމަދު ހުސާން އެވެ.

އަހްމަދު ހުސާން ނިޔާވީ މެއަށް ތަދެއް އަރައިގެން ތިމަރަފުށީ ހެލްތު ސެންޓަރަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ ނިޔާވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ބެލެވޭ ކަމުގައި އޮންލައިން ނޫސް “ވަގުތު” އަށް އެރަށުން މައުލޫމާތު ދިން މީހަކު ބުނި ކަމަށް އެނޫހުން ރިޕޯޓްކޮށްފައިވެއެވެ.

މިއަދު ހެނދުނު 09:00 ގައި އަހްމަދު ހުސާންގެ ކަށު ނަމާދު އޮންނާނެ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

މި ފަހަރަކަށް އައިސް ރާއްޖޭގައި ކުއްލިގޮތަކަށް މަރުވާ މީހުން އަދަދު ކަންބޮޑުވާ މިންވަރަށް ވަނީ އިތުރުވެފައެވެ. މި ފާއިތުވި ތިންހަފްތާއަށް ބަލާއިރުވެސް މިފަދަ ގޮތްނޭންގޭ ކުއްލި މަރުގެ ތިން ހާދިސާއެއް ވަނީ ހިނގާފައެވެ.

ޓެގް

މަރުގެ ހާދިސާތައް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.