ޚަބަރު

އިތރު އިމްތިހާނަކާ ނުލާ ލައިސަންސް ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ޓްރާންސްޕޯޓް ދާއިރާގެ ޤައުމީ ސަނަދު ހާސިލް ކުރާފަރާތްތަކަށް އިތުރު އިމްތިޙާނަކާއި ނުލައި ލައިސަންސްދިނުމަށް ފަހުމުނާމާއެއްގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއި ދެމެދު ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސޮއި ކުރުމާއި ގުޅިގެން އިތުރު އިމްތިޙާނަކާ ނުލާ، ޓްރާންސްޕޯޓް ދާއިރާގެ އެއްގަމާއި ކަނޑުގެ އުޅަނދުތައް ދުއްވުމުގެ ލައިސަންސް މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ.) ގެ ނޭޝަނަލް ސެޓްފިކެޓް ހާސިލް ކުރާ ފަރާތްތަކަށް، ލިބޭނެ ގޮތް ހަމަޖެހިގެންދާނެއެވެ.
މި ފަހުމުނާމާގައި ސޮއިކުރުމާއިއެކު މިހާރު އެމް.އެން.އެސް.ޑީ.އޭ. އިން އެކުލައިލާފައިވާ ޓްރާންސްޕޯޓް ދާއިރާގެ ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑްތަކަށް ހިންގާ ޕްރޮގްރާމްތައް ނިންމުމުން އިތުރު އިމްތިޙާނަކާ ނުލާ އެދާއިރާއަކުން ލައިސަންސް ލިބިގެން ދާނެއެވެ.

މިހާރު އެމް.އެން.އެސް.ޑީ.އޭ. އިން އެކުލައިލާފައިވާ ޓްރާންސްޕޯޓް ދާއިރާގެ ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑްތަކުގެ ތެރެއިން އިތުރު އިމްތިހާނަކާ ނުލާ ލައިސަންސް ލިބިގެންދާނީ ނޭޝަނަލް ސެޓްފިކެޓް 3 ން ހެވީ ވެހިކަލް އޮޕަރޭޝަންސް، ނޭޝަނަލް ސެޓްފިކެޓް 3 ން ބަސް އޮޕަރޭޝަންސް އަދި ނޭޝަނަލް ސެޓްފިކެޓް 3 ން ބޯޓް އޮޕަރޭޝަންސްއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close