އަލަމްގިރް ރާއްޖެ އައީ 2018 ވަނަ އަހަރު ވެއިޓަރެއްގެ ގޮތުގައި: ލީކްވި ބަޔާން
ގިނަ ދިވެހިން ހިމެނޭހެން ފިރިހެނުންތަކަކާއި އެކީ އެއްޖިންސުން ގުޅުން ހިންގި ބަންގްލަދޭޝްގެ އަލަމްގިރް ފުރަތަމަ ރާއްޖެ އައިސްފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ބަންގްލަދޭޝްގައި ހުރި ބްރޯކަރެއް މެދުވެރިކޮށް ވެއިޓަރެއްގެ ގޮތުގައި ކަމަށް ލީކްވެފައިވާ އަލަމްގީރު ޝަރީޢަތަށް ދިން ލީކްވެފައިވާ ބަޔާނުން އެނގިއްޖެއެވެ.
ވެއިޓަރެއްގެ ވަޒީފާގެ އިތުރުން އޭރު އެކި ތަންތަނުގައި މަސައްކަތް ކުރަމުން ވެސް ގިނަ ބަޔަކާ އެކީ ޖިންސީ ގުޅުން ހިންގި ކަމަށް އަލަމްގިރްގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ފުލުހުންގެ ތަހުގީގަށް އަލަމްގީރް ދީފައިވާ ބަޔާން ލީކު ކޮށްލާފައިވާއިރު، އެ ބަޔާނުގައި ބުނެފައިވަނީ އޭނާގެ އުމުރުން ހަތް އަހަރުގައި އުފަން ރަށް ބަންގްލަދޭޝްގައި އުޅެނިކޮށް ފިރިހެނަކު ގަދަކަމުން އެއްޖިންސުން ގުޅުން ހިންގާފައިވާ ކަމަށެވެ. ނަމަވެސް އޭރު އެ ވާހަކަ އެއްވެސް މީހެއް ކައިރީ ނުބުނާތީ އެގައުމުގެ ރަސްމީ އެއްވެސް އިދާރާއަކުން މައްސަލަ ބަލާފައި ނުވާ ކަމަށް އޭގައި ވަނީ ބުނެފައެވެ.
އޭގެ ފަހުން އުމުރުން 10 އަހަރުން ފެށިގެން އެގައުމުގައި ތިބި އޭނާގެ ރައްޓެހިންނާއި އެކީ އެއްޖިންސުން ގުޅުން ހިންގަމުން އައި ކަމަށާއި އެކަމުގެ ތެރޭގައި ރައްޓެއްސެއްގެ ފަރާތުން އެޕްލިކޭޝަން ފެނުނު ކަމަށް އޭނާ ވަނީ ބުނެފައެވެ.
“އެޕްލިކޭޝަން މެދުވެރިކޮށް އެއްޖިންސުން ގުޅުން ހިންގާ މީހުންނާއި ޗެޓްކޮށް އެމީހުންނާއި ބައްދަލުކޮށް އެމީހުންނާއި އެކު އަޅުގަނޑު އެއްޖިންސުން ގުޅުން ހިންގަމުން ދިޔައީމެވެ” އަލަމްގިރް ތަހުގީގަށް ދިން ބަޔާނުގައި ބުނެފައިވެއެވެ.
އަލަމްގިރް ބުނި ގޮތުގައި އޭނާ ވަނީ މިހާތަނަށް ތިން ގައުމެއްގެ ބަޔަކާ އެކީ އެއްޖިންސުން ގުޅުން ހިންގާފައެވެ. އެއީ ބަންގްލަދޭޝް، ސްރީލަންކާ އަދި ރާއްޖެއެވެ. އަދި މިހާތަނަށް އެއްޖިންސުން ގުޅުން ހިންގާ 45-50 ދެމެދުގެ ވީޑިއޯ ރިކޯޑް ކުރި ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
މީގެ އިތުރުން އޭނާއާއި އެކީ އެއްޖިންސުން ގުޅުން ހިންގި މީހުން ފައިސާގެ ގޮތުގައި 100 ޑޮލަރާއި 200 ޑޮލަރާއި 500 ރުފިޔާއާއި 1000 ރުފިޔާ ވެސް ދީފައިވާ ކަމަށް އޭނާ ވަނީ ތަހުގީގުގައި ބުނެފައެވެ.

