ޚަބަރު ލިވާތު ކުރިކަމުގެ ކުށުގައި ހަތަރު މީހަކަށް ދައުވާކޮށްފި

ލިވާތު ކުރިކަމުގެ ކުށުގައި ހަތަރު މީހަކަށް ދައުވާކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް


ބަންގްލާދޭޝް ފިރިހެނެއް ކަމަށްވާ އެމްޑީ އަލަމްގީރްއާ އެކު ލިވާތު ކުރި މައްސަލައިގައި އޭނާ އާއި އިތުރު ތިން މީހަކަށް ދައުވާކޮށްފިއެވެ.

އަލަމްގީރް އާ އެކުގައި އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ދައުވާ އުފުލީ އޭނާގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، ގާނޫނީ ވަކީލް ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަދި ފުލުސް އޮފިސަރު އަބްދުއްރަހުމާން ރަފީއުގެ މައްޗަށެވެ.

ޕީޖީ އޮފީހުން ވިދާޅުވީ ބަނގްލަދޭޝް ރައްޔިތަކާއި، އިތުރު ބަޔަކު އެއްޖިންސުން ޖިންސީގުޅުން ހިންގިކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި 04 (ހަތަރެއް) މީހެއްގެ މައްޗަށް، އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދަޢުވާ 18 އޮގަސްޓު 2022 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށަވެ.

މީގެ ތެރެއިން އަލަމްގީރްގެ މައްޗަށް ތިން ދައުވާއެއް ކޮށްފައި ވާއިރު އަނެއް ތިން މީހުންގެ ތެރެއިން ކޮންމެ މީހަކަށް ކުރަނީ އެންމެ ދައުވާއެކެވެ.

މީގެ ކުރިން އެހެން މައްސަލަތަކުގައި ދައުވާ އުފުލުމަށްފަހު ދައުވާ އުފުލި ގާނޫނުގެ މާއްދާ އާއި އަދި ދައުވާ ސާބިތުވެއްޖެނަމަ އަންނާނެ ހުކުމް ވެސް ޕީޖީ އޮފީހުން ހާމަކުރެއެވެ. ނަމަވެސް މިމައްސަލައިގައި އެފަދަ އެއްވެސް މައުލޫމާތެއް ޕީޖީ އޮފީހުން ހާމައެއް ނުކުރެއެވެ.

އެއްޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލައިގައި ދައުވާ ލބޭ ހަތަރު މީހުންގެ ތެރެއިން އަލަމްގީރް ފިޔަވައި އަނެއް ތިން މީހުން މިހާރު ތިބީ ބަންދުން ދޫކޮށްލާފައެވެ.

އަލަމްގީރް އާއިއެކު ޖިންސީ ގުޅުން ހިންގި ފިރިހެނުންގެ ތެރެއިން 250 މީހެއްގެ ވީޑިއޯ އޭނާ ރެކޯޑް ކުރި ކަމަށް ވެއެވެ. ނަމަވެސް ފުލުހުން ވިދާޅުވެފައި ވަނީ އޭނާ އާއިއެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ އަދަދު އަރަނީ 38 އަށް ކަމަށެވެ.

ޓެގް

ލިވާޠު އެއްޖިންސުން އަލަމްގިރި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.