ބޭރުދުނިޔެ އަލިފާން ރޯވެދާނެކަމުގެ ބިރަށް ރޭލަކުން ފުންމާލި ބަޔަކު ފިހިއްޖެ

އަލިފާން ރޯވެދާނެކަމުގެ ބިރަށް ރޭލަކުން ފުންމާލި ބަޔަކު ފިހިއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ސްޕެއިންގެ އިރުއުތުރު ހިސާބެއްގައި އަންގާރަ ދުވަހު ދަތުރުކުރި ރޭލެއްގައި ތިބި ފަސިންޖަރުންގެ ބަޔަކު އެ ރޭލުގައި އަލިފާން ރޯވެދާނެކަމުގެ ބިރަށް ރޭލުން ފުންމާލުމުގެ ސަބަބުން އެމީހުންގެ ތެރެއިން ބައެއް މީހުން ވަރަށް ބޮޑަށް ފިހިއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިހާދިސާގައި ތިން ފަސިންޖަރަކު ސީރިއަސް ހާލަތަކަށް ފިހިފައިވާއިރު، އޭގެ ތެރޭގައި ގާތްގަނޑަކަށް 10 އަހަރުގެ އަންހެން ކުއްޖަކުވެސް ހިމެނެއެވެ.

މި ހާދިސާ ހިނގީ ސްޕެއިންގެ ސަގުންޓޯ އިން ޒަރަގޯޒާ ސިޓީއަށް ކުރި ދަތުރެއްގައި ރޭލު ދަތުރު ކުރި ސަރަޙައްދަށް ބޮޑު އަލިފާންގަނޑެއް ފެތުރިފައިވާތީ ރޭލުގެ ދުވެލި މަޑުކޮށް މިސްރާބު ބަދަލު ކުރުމަށް މަސައްކަތް ކުރަމުން ދިޔަވަގުތެއްގައެވެ.

ރޭލްގައި އަލިފާން ރޯވެދާނެކަމުގެ ބިރަށް ބައެއް ފަސިންޖަރުން ރޭލުން ބޭރަށް ފުންމާލުމުން އެހިސާބުގެ ޖަންގަލީގެ ގަސްތަކުގައި ހިފާފައިވާ ވަރުގަދަ އަލިފާން ގަނޑުގެ ސަބަބުން އެމީހުން ފިހިފައިވާ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޑްރައިވަރު ރޭލު ހުއްޓުމުން އެވަގުތު ރޭލުގައި ތިބި 48 ފަސިންޖަރުންގެ ތެރެއިން ބައެއް މީހުން ވަނީ ފިލަން މަސައްކަތް ކޮށްފަ އެވެ.

އެމީހުންގެ ވަށައިގެން އަލިފާން ރޯވެފައިވާތަން ފެނުމުން އެމީހުން އަނބުރާ ރޭލަށް އެރިއިރު އެމީހުންގެ ތެރެއިން ބައެއް މީހުން ފިހިފައިވާ ކަމަށް ވެސް ދަ ގާޑިއަންގައި ބުނެފައިވެއެވެ.

އަލިފާން ރޯވެފައިވާކަން ދައްކުވައިދޭ ކަމަށް ބުނާ ފޫޓޭޖްތައް އޮންލައިންކޮށް ޕްލެޓް ފޯމްތަކުގައި ދައުރުވެފައި ވެ އެވެ.

ޒަހަމްވި 20 ވަރަކަށް މީހުންގެ ތެރޭގައި ވަރަށް ބޮޑަށް ފިހިފައިވާ ތިން މީހަކު ހިމެނޭ ކަމަށާއި އޭގެ ތެރޭގައި ގާތްގަނޑަކަށް 10 އަހަރުގެ އަންހެން ކުއްޖަކާއި 58 އަހަރުގެ އަންހެނަކު ހިމެނޭ ކަމަށް އެމަޖެންސީ ސާވިސްތަކުން ލޯކަލް މީޑިއާއަށް މައުލޫމާތު ދީފައިވެ އެވެ.

ވެލެންސިއާގެ އޮފިޝަލުންނާ ހަވާލަދީ ދަ ގާޑިއަންއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސްޕެއިންގެ އިރުމަތީގެ ސަރަހައްދުތަކުގައި ފާއިތުވި ހަފްތާތަކުގައި ބޮޑެތި ޖަންގަލި ތަކުގައި އަލިފާން ރޯވެފައިވާ ވެއެވެ.

އަލިފާން ރޯވެފެފައިވާ ހިސާބުތަކުގައި ވައިގަދަވުމާއި ގަދަ ހޫނުގެ ސަބަބުން ނާއި، އަދި ހަލުވިކަމާއެކު ފެތުރެމުންދާ އަލިފާންގަނޑުގެ ސަބަބުން 1000 އަށް ވުރެ ގިނަ މީހުން ދުރު ހިސާބުތަކަށް ދާން މަޖުބޫރުވިއެވެ.

ބެޖިސް ސިޓީގައި ހިނގި އެއް އަލިފާންގަނޑު ގާތްގަނޑަކަށް 1،900 އަކަމީޓަރަށް ފެތުރިފައިވާއިރު، އަދިވެސް ދެކުނަށް ދަތުރު ކުރަމުންދާ އަނެއް އަލިފާންގަނޑު ވެލް ޑި’އެބޯގައި 27،000 އަކަމީޓަރަށް ވުރެ ދުރު ހިސާބުތަކަށް ފެތުރިފައި ވެއެވެ.

ޓެގް

ސްޕެއިން އަލިފާންރޯވުން އަލިފާނުގެ ހާދިސާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.