ޚަބަރު ލިވާތު ކުރިކަމުގެ ތުހުމަތުގައި ބަންދުކުރި ތިންމީހަކު ދޫކޮށްލައިފި

ލިވާތު ކުރިކަމުގެ ތުހުމަތުގައި ބަންދުކުރި ތިންމީހަކު ދޫކޮށްލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދިވެހި ގިނަ ފިރިހެނުން ތަކަކާއެކު އެއްޖިންސުން ގުޅުންހިންގި ބަންގްލަދޭޝްގެ އަލަމްގީރުއާއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިންމީހަކު ދޫކޮށްލައިފިއެވެ.

ފުލުހުންގެ ބަންދުގައި ބަހައްޓަންކޯޓުން ދިން މުއްދަތު ހަމަވެގެން ދުކޮށްލި ތިންމީހުންނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަހްމަދު ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއު އެވެ.

އެނގިފައިވާ ގޮތުގައި އެ ތިން މީހުން ވެސް ދޫކޮށްލާފައިވަނީ ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް އެންމެ ފަހުން ކްރިމިނަލް ކޯޓުން ދިން މުއްދަތު ހަމަވުމުންނެވެ. އަދި އެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރަން ކްރިމިނަލް ކޯޓަށް ހާޒިރު ނުކުރި ސަބަބު ސާފުވެފައެއް ނުވެއެވެ.

މިދިޔަ އަންގާރަ ދުވަހު އެ ތިން މީހުންގެ މައްސަލަ ފުލުހުން ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައެވެ. ނަމަވެސް އެ މައްސަލައިގައި އަދި ދައުވާއެއް ނުކުރެއެވެ.

އެ ތިން މީހުންގެ އިތުރުން ފުލުހުން ވަނީ އެފަދަ މައްސަލައެއްގައި ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހީމް ވެސް ހައްޔަރުކޮށްފައެވެ.

އެއްޖިންސުން ގުޅުން ހިންގުމުގެ ގިނަ މައްސަލަތަކެއް މިހާރު ފެންމަތިވަމުންދާއިރު ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގައި ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތުގައި އަލަމްގީރު ހުރީ ހައްޔަރުކޮށްފައެވެ.

އެ މައްސަލައިގެ ތުހުމަތަށް ކަސްޓަމްސްގެ މުވައްޒަފަކާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކާއި ބައެއް ސްކޫލްތަކުގެ ޓީޗަރުން ވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ.

އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ސީނިއާ އެގްޒެކްޓިވް ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ރާފިއު ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި ހުޅުމާލޭ މިސްކިތެއްގެ އިމާމަކު ވަނީ ސަސްޕެންޑުކޮށްފައެވެ.

އެންމެ ފަހުން އެ މައްސަލާގައި ސަސްޕެންޑުކޮށްފައިވަނީ އެމްއެންޑީއެފް މީހެކެވެ.

ޓެގް

ލިވާޠު އަލަމްގިރި ކްރިމިނަލްކޯޓް ޕޮލިސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.