ޚަބަރު ޕޯސްޓުމޯޓަމް ހެދުމަށް ޓަކައި، ޝިއާގެ ހަށިގަނޑު ބޭރަށް ފޮނުވައިފި

ޕޯސްޓުމޯޓަމް ހެދުމަށް ޓަކައި، ޝިއާގެ ހަށިގަނޑު ބޭރަށް ފޮނުވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހ. ޝީރީންވިލާގައި އަނިޔާވެރިކޮށް މަރާލި އަންހެން މީހާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވައިފިއެވެ.

ހެންވޭރުކޮޅުގައި ހުންނަ އެ ގޭގެ ނުވަ ވަނަ ފަންގިފިލާގައި މަރާލާފައި ވަނީ ޏ. ފުވައްމުލައް، މާދަނޑު، ކުރި، ޝިއާއު މުޙައްމަދު ސައީދު، 22، އެވެ.

ފުލުުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މިއަދުގެ ވަގުތެއްގައި ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށެވެ.

ޝިއާ މަރާލީ ރާއްޖޭގެ މަޝްހޫރު ސްކޭޓަރު ޝާހިލު އަލީއެވެ. އޭނާ ވަނީ ޝިއާ މަރާލުމަށް ފަހު ޝިއާގެ ބޯ ބުރިކޮށްލައިފައެވެ. އަދި ކަނާތު އަތް ވެސް ވަނީ ބުރިކޮށްލައިފައެވެ.

ޝާހިލު ހައްޔަރުކުރީ ކުށުގެ ވެށިންނެވެ. އޭނާ ހައްޔަރުކުރި އިރު ހުރީ މަސްތުގެ ހާލަތުގައެވެ. އޭނާއާ ފުލުގުން ސުވާލުކުރަމުންދާ އިރު ތަހުގީގުގައި ޝާހިލު ވާހަކަ ދައްކަން ދަނީ ދެކޮޅު ހަދަމުންނެވެ.

ޓެގް

ޝިޔާއު ސައީދު ޕޯސްޓްމޯޓަމް މަރުގެ ހާދިސާތައް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.