ކުޅިވަރު ގަތަރު ވޯލްޑް ކަޕް ފެށޭނީ ރޭވިފައިވާ ވަރަށް ވުރެ އެއް ދުވަސް ކުރިން – މަސްދަރުތަކުން

ގަތަރު ވޯލްޑް ކަޕް ފެށޭނީ ރޭވިފައިވާ ވަރަށް ވުރެ އެއް ދުވަސް ކުރިން – މަސްދަރުތަކުން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މެންޗެސްޓާ، އިނގިރޭސިވިލާތް (އޮގަސްޓް 10) – ގަތަރުގައި ބާއްވާ ވޯލްޑް ކަޕް ފެށުމުގެ ރަސްމިއްޔާތާއި މުބާރާތް ބާއްވާ ގައުމުގެ ފުރަތަމަ މެޗު ނޮވެމްބަރު 20 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ފީފާގެ ވެރިކަން ކުރާ ބިއުރޯއިން އެއްބަސްވެއްޖެ ނަމަ، ތާވަލު ކަނޑައެޅިފައިވާ ވަރަށް ވުރެ އެއް ދުވަސް ކުރިން މުބާރާތް ފަށާނެ ކަމަށް މަސްދަރުތަކާ ހަވާލާދީ ރޮއިޓާސްއިން ބުނެފިއެވެ.

އަސްލު ޕްލޭންގައި އޮތީ ނޮވެމްބަރު 21 ވަނަ ދުވަހު ގަތަރުން އިކުއެޑޯއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމެވެ. އެކަމުގެ ސަބަބުން ރަސްމިއްޔާތުގެ ކުރިން ދެ މެޗު ބޭއްވުމަށް ކުރިން ވަނީ ހަމަޖެހިފައެވެ. އެއީ މިމުބާރާތުގެ އާދަކާދައާއި ޚިލާފު ހާލަތެކެވެ.

އާންމު ގޮތެއްގައި މި ރަސްމިއްޔާތު ކުރިއަށް ގެންދަނީ މުބާރާތުގެ ފުރަތަމަ މެޗު ފެށުމުގެ ކުރިންނެވެ.

ގްރޫޕް އޭގައި ސެނެގާލް އާއި ނެދަލެންޑްސް ބައްދަލުކުރާ މެޗާއި ގްރޫޕް ބީގައި އިނގިރޭސިވިލާތާއި އީރާން ބައްދަލުކުރާ މެޗަކީ އަންނަ ހޯމަ ދުވަހުގެ ރަސްމިއްޔާތުގެ ކުރިން ބޭއްވުމަށް ހަމަޖެހިފައިވާ މެޗެކެވެ.

މި ޕްލޭނަށް ފީފާގެ ހަ ސަރަހައްދީ ކޮންފެޑެރޭޝަންގެ ވެރިންނާއި ރައީސް ޖިއާނީ އިންފަންޓީނޯ ވޯޓު ދޭން ޖެހޭއިރު، އެކަން ލަސްވި ނަމަވެސް، އެ ޕްލޭނަށް ތާއީދު ލިބޭނެ ކަމަށް ބެލެވެ އެވެ.

ޓެގް

ވޯލްޑްކަޕް ޤަތަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.