ޚަބަރު

އަންހެން މީހާގެ ކަރު ބުރިކޮށްލާ، ގުނަވަންތައް ވަކިކުރީ އޭނާގެ ފިރިމީހާ

މާލެ ގެއެއްގެ ތެރޭގައި ދިވެހި އަންހެނެއްގެ ކަރު ބުރިކޮށްލާ. ގުނަވަންތައްވެސް ވަކިކޮށް އަނިޔާވެރި ގޮތަކަށް މަރައިލީ އަންހެން މީހާގެ ފިރިމީހާކަމަށް އޮންލަިން ނޫސް “ވަގުތު” އިން ރިޕޯޓް ކޮށްފިއެވެ.

“ވަގުތު” ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ދިވެހި އެ ފިރިހެން މީހާ އޭނާގެ އަންހެނުންގެ ކަރު ބުރިކޮށްލީ ދެ މީހުންގެ ދެމެދުގައި ޒުވާބު ކުރުމަށް ފަހުއެވެ.

އެނގިފައިވާގޮތުން ކަރު ބުރި ކުރުމުގެ އިރުތަކެއް ކުރިންވެސް ދެމަފިރިން ޒުވާބު ކުރާ އަޑު އެ ގޭތެރެއިން އިވިފައި ވެއެވެ.

“ވަގުތު”ނޫހުން ބުނީ ފުލުހުން އެގެއަށް ދިޔައީ އަންހެން މީހާގެ ކަރު ބުރި ކުރިތާ ގިނައިރުތަކެއް ނުވެ ބަޔަކު ކުރި ރިޕޯޓަކާއި ގުޅިގެންނެވެ.

ފުލުހުން ދިޔައިރު، އެ އަންހެން މީހާގެ ކަރު ބުރި ކޮށްލާފައި އޮތީ ދެމަފިރިން ނިދާ ކޮޓަރި ތެރޭގައެވެ،

ދެމަފިރިން ހ. ޝީރީންވިލާގައި ދިރިއުޅެނީ އެއް ރޫމް އެޕާޓްމެންޓެއްގައެވެ.

އެެގޭގެ ދެވަނަ ފަންގިފިލާގައި އެ އެޕާޓްމެންޓް އިންނައިރު، ފިރިހެން މީހާ ހައްޔަރުކޮށްފައި ވަނީ ތިރީ ބައިންނެވެ.

އެނގިފައިވާގޮތުން ފުލުހުންދިޔައިރު ފިރިމީހާ އެއްވެސް ހަރަކާތެއް ނުކޮށް އިނީ ގޭގެ ތިރީގައެވެ. އެއިރު އޭނާ އިނީ ލެއިން ތަތްތެޅިފައެވެ.

އެ މައްސަލައިގައި އެ ފިރިހެން މީހާ ވަނީ ހައްޔަރުކޮށްފައެވެ.

ނިޔާވެފައި ވަނީ ފުވައްމުލަކުގެ 22 އަހަރުގެ ޒުވާން އަންހެނެއް ކަމަށްވާ ޝިއާއު މުހައްމަދު ސައީދު އެވެ. ޝިއާއު މަރާލި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 23 އަހަރުގެ ރާއްޖޭގެ ޒުވާން ސްކޭޓަރު އަލީ ޝާހިލް އެވެ.

ޝާހިލް އަކީ ރުޅިގަދަ، މީހުންނަށް އަނިޔާ ކުރުމުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެއެވެ. ޝާހިލް ވަނީ ޝިއާއުގެ ކަރު ބުރިކޮށްލުމުގެ އިތުރުން އަތާއި ފައި ވެސް ބުރިކޮށްލާފައި ކަމަށް ވެއެވެ. އޭނާ ހައްޔަރުކޮށްގެން ފުލުހުންގެ ވެހިކަލަށް އެރުވިއިރު ހުރީ ހަޒްމެޓް ސޫޓް ލައިގެންނެވެ. ނަމަވެސް އެއީ އޭނާ ހައްޔަރުކުރިއިރު ހުރިގޮތް ކަމެއް ނުވަތަ ފަހުން ފުލުހުން އޭނާ ސޫޓަކަށް ލެއްވީ ކަމެއް ފުލުހުން ކަށަވަރުކޮށެއް ނުދެއެވެ.

ޝިއާއުގެ ހަށިގަނޑަށް ދީފައި ހުރި ގެއްލުންތަކަށް ބަލާއިރު އޭނާގެ ހަށިގަނޑު ނައްތާލަން ޝާހިލް މަސައްކަތް ކޮށްފައިވާ ކަމަށް ބެލެވޭ ކަމުގައި ބައެއް މީހުން ބުނެއެވެ. ނަމަވެސް އެކަން ވެސް އަދި ރަސްމީ ފަރާތަކުން ކަށަވަރުކޮށެއް ނުދެއެވެ.

ޝިއާއުގެ ހަށިގަނޑު މިހާރު އޮތީ ގަލޮޅު މޯޗަރީގައެވެ.

އެއް ކޮމެންޓް

  1. ނޫހަކުން މަޢުލޫމާތު ނެގުމުގެ ބަދަލުގެ ޒިއްމާދާރުކަމާއިއެކު ރަނގަޅު މަޢުލޫމާތު އެހެންމީހުނަށް ހިއްސާ ކުރުމަށް ދައްކަވަން
    މިލިއުމުގައި ހުރި މަޢުލޫމާތު މުޅިން ރަނގަޅުހެނެއް ހިޔެއް ނުވޭ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close