ޚަބަރު

ޔޯގާ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރުކުރި މުހައްމަދު އިސްމާއީލް ދޫކޮށްލައިފި


ޔޯގާ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރުކުރި، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް މިއަދު ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.

މުހައްމަދު އިސްމާއީލްގެ ބަންދާމެދު ގޮތެއް ނިންމަން އެންމެ ފަހުން ކޯޓަށް ހާޒިރުކުރުމުން ޖުލައި މަހުގެ 7 ވަނަ ދުވަހުގައި އޭނާގެ ބަންދަށް 30 ދުވަސް ކުރިމިނަލް ކޯޓުން ވަނީ އިތުރު ކޮށްފަ އެވެ.

މިއަދު އޭނާގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހާޒިރުކުރުމުން ކުރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކޮށްލަން ނިންމާފައިވަނީ މުހައްމަދު އިސްމާއީލު މިނިވަންކުރަން ގޮވާލާ އިދިކޮޅު އިއްތިހާދުން ސިލްސިލާ ގޮތެއްގައި މުޒާހަރާކުރާތާ ދެ ހަފުތާއެއްހައި ދުވަސް ފަހުންނެވެ. މުހައްމަދު އިސްމާއީލް ހައްޔަރުކޮަށް ފުލުހުން އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ހެއްކަކީ އެ ދުވަހު އޮތް އިހުތިޖާޖުގައި ބައިވެރިވި މީހަކާ އޭނާ ސަލާމްކުރި ފޮޓޯއެކެވެ.

ޔޯގާ ހަމަނުޖެހުމާއި ގުޅިގެން މުޙައްމަދު އިސްމާއީލްގެ އިތުރުން ދެ ޝެއިހުންނާއެކު އިތުރު ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް ހައްޔަރުކުރި މީހުންގެ ތެރެއިން ބައެއް މީހުން ދޫކޮށްލާފައިވާއިރު ޝެއިޚް ފަޒްލޫން މުހައްމަދު ބަންދުން ދޫކޮށްލާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ބޭއްވީ ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗްރަލް ސެންޓަރު ގުޅިގެންނެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close