ޚަބަރު ލިވާތު މައްސަލައިގައި ހައްޔަރުކުރި ނާޒިމް ސައްތާރުގެ ބަންދަށް އިތުރު 7 ދުވަސް ޖަހައިފި

ލިވާތު މައްސަލައިގައި ހައްޔަރުކުރި ނާޒިމް ސައްތާރުގެ ބަންދަށް އިތުރު 7 ދުވަސް ޖަހައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިވާތު މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރުގެ ބަންދަށް އިތުރު ހަތް ދުވަސް ޖަހައިފިއެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރް އާއި އެކީ އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ހިމެނޭ ނާޒިމް ސައްތާރު ހައްޔަރު ކޮށްފައިވަނީ ޖުލައި މަހުގެ 28 ވަނަ ދުވަހު އއ. އަތޮޅުގެ ރިސޯޓެއްގައި ހުއްޓާއެވެ.

އޭނާ ހައްޔަރު ކުރުމަށްފަހު އޭނާ އެގެންގޮސްފައިވަނީ އއ. ރަސްދޫ ފުލުހުންގެ އިދާރާއަށެވެ. އެތަނުގައި އޭނާ ބެހެއްޓުމަށްފަހު، އެ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރުމަށް ވަނީ ހަތް ދުވަހުގެ މުއްދަތެއް ދީފައެވެ. އޭނާގެ ބަންދުގެ މުއްދަތު މިއަދު އިތުރުކޮށްފައި ވަނީ ކްރިމިނަލް ކޯޓުންނެވެ.

ނާޒިމްގެ އިތުރުން މި މައްސަލައިގައި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް (ޑިއީޑީ) ގައި ކުރިން މަސައްކަތްކުރި ސާޖަންޓް އަބްދުއްރަހުމާން ރަފީއު ވެސް އިއްޔެ ވަނީ ހައްޔަރު ކޮށްފައެވެ. މި މައްސަލާގައި އަލަމްގީރްވެސް ވަނީ ހައްޔަރުކޮށްފައެވެ.

ޓެގް

ނާޒިމް ސައްތާރު އެއްޖިންސުން އަލަމްގިރި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.