އަމިއްލަ ޖާނު ސަލާމަތް ކުރުމުގެ ޤާބިލްކަން އެބަހުރި: ޓައިވާން
ޗައިނާއާ އެކު އުފެދިފައިވާ ފިތުނަތަކުގެ ތެރޭގައި ޓައިވާނަށް އެ ސަރަހައްދުގައި އަސްކަރީ ހަރަކާތްތައް “ފުރިހަމައަށް ވިސްނިފައިވާ” ކަމަށާއި، “ދުޝްމަނުންގެ އިންޒާރުތައް” ހުއްޓުވުމަށް ބާރުތައް ފޮނުވާނެ ކަމަށާއި، އަމިއްލަ ޖާނު ދިފާއުކުރުމުގެ ޤާބިލްކަން ޓައިވާނަށް ލިބިފައިވާ ކަމަށް ޓައިވާނުގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ކަމަށް ރޮއިޓާސް އިން ޚަބަރުކޮށްފިއެވެ.
އެ ބަޔާނުގައިވާ ގޮތުން ޓައިވާނުގެ އަސްކަރިއްޔާއަކީ އެ ޖަޒީރާގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމުގެ “އަޒުމާއި ގާބިލްކަމާއި އިތުބާރު” ލިބިފައިވާ އަސްކަރިއްޔާއެއް ކަމަށާއި، ކުއްލި ހާލަތުގެ ޕްލޭންތައް ވެސް އެކުލަވާލާފައިވާ ކަމަށެވެ.
މި މައްސަލައަށް އަހުލުވެރި ނަން ނުޖެހޭ ފަރާތަކާ ހަވާލާދީ ރޮއިޓާސް އިން ބުނީ ޗައިނާގެ ހަނގުރާމަ މަތިންދާބޯޓުތަކެއް އަންގާރަ ދުވަހުގެ ވަގުތެއްގައި ޓައިވާން ސްޓްރެއިޓްގެ މީޑިއަން ލައިނާ ކައިރިއަށް އުދުހިފައިވާ ކަމަށެވެ. މިއީ މި ހަފްތާގައި ޓައިވާނުގެ ހުޅަނގު ދެކުނު ވައިގެ ސަރަހައްދުގައި ޗައިނާގެ މަތިންދާބޯޓުތަކުން ވައިގެ ހަރަކާތްތައް ހިންގި ބައެއް ހާދިސާތަކަށް ފަހު އެވެ.
އެމެރިކާގެ ހައުސްގެ ރައީސް ނޭންސީ ޕެލޯސީ މިއަދު ހަވީރު ޓައިވާނަށް ވަޑައިގެން ބުދަ ދުވަހު ލީޑަރު ޓްސައި އިންގް ވެންއާ ބައްދަލު ކުރައްވާނެ ކަމަށް ބެލެވޭތީ ބެއިޖިން އާއި ޓައިޕޭގެ މެދުގައި އޮތް ފިތުނަތައް ވަނީ އިތުރުވެފަ އެވެ.
އެމެރިކާ އާއި ޓައިވާނުގެ އޮފިޝަލުންނާ ހަވާލާދީ ޓައިވާނުގެ މީޑިއާތަކާއި ހުޅަނގުގެ އެކި ތަންތަނުން ޕެލޯސީ ވަޑައިގަންނަވާނެ ކަމުގެ ޚަބަރު ލިބިފައިވާ ނަމަވެސް، ސްޕީކަރުގެ އޭޝިއާ ދަތުރުގެ މަންޒިލެއްގެ ގޮތުގައި ޕެލޯސީގެ އޮފީހުން ޓައިވާނުގެ ވާހަކަ ނުދައްކަ އެވެ.
ޕެލޯސީ އޭޝިއާއަށް ފުރުމުގެ ކުރިން އޭނާގެ މަންޒިލް ޕްރޮގްރާމްގައި ޓައިވާން ހިމަނާފާނެ ކަމުގެ ޚަބަރު ފެތުރިފައިވީ ނަމަވެސް އެމެރިކާގެ ގިނަ އޮފިޝަލުން ވަނީ އެކަން ކުރުމުން ކުރިމަތިވެދާނެ އަސަރުތަކާ ބެހޭ ގޮތުން ސްޕީކަރަށް އިންޒާރު ދީފަ އެވެ.
ބެއިޖިން އަޑު ކަނޑާލީ ޓައިވާނަކީ ހުރަސް ނުކުރަން ޖެހޭ ރެޑްލައިން މައްސަލައެއް ކަމުގެ އިންޒާރު ދީގެންނެވެ. މިއީ ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ދެމެދު ފޯނުކޯލެއްގައި މަޝްވަރާ ކުރެވުނު މައިގަނޑު ވާހަކަ ކަމަށް ޗައިނާގެ ފަރާތުން އެ ކޯލްގެ ރީޑައުޓްގައިވެ އެވެ.
ކަންބޮޑުވުންތައް އިތުރުކޮށްދިނީ ޗައިނާގެ ޓައިވާން ކައިރީގައި އޮންނަ ފުޖިއަން ޕްރޮވިންސަށް ވިޔަފާރި ދަތުރުތަކަށް ބުރޫއަރާ، ޓައިވާނުގެ ރިޔާސީ އޮފީހަށް ބޭރުގެ ޑީޑީއޯއެސް ހަމަލާއެއް އަމާޒުވެ، ޓައިވާންގެ ޓާއޯޔުއާން ބައިނަލްއަގްވާމީ އެއާޕޯޓަށް ބޮމުގެ އިންޒާރު ފޮނުވާފައިވާތީ އެވެ.

