ޕެލޯސީ ޓައިވާނަށް ވަޑައިގަތުމާ ގުޅިގެން ޗައިނާއިން ރައްދު ދޭން ފަށައިފި
ޕެލޯސީ ޓައިވާނަށް ވަޑައިގަތުމާއި ގުޅިގެން ޗައިނާއިން ރައްދު ދޭން ފަށައިފިއެވެ.
“މިއީ އެއް ޗައިނާގެ އުސޫލާއި ޗައިނާ-އެމެރިކާގެ ތިން ޖޮއިންޓް ކޮމިއުނިކޭޝަންގެ މާއްދާތަކާ ވަރަށް ބޮޑަށް ހިލާފު ކަމެއް. އެއީ ޗައިނާއާއި އެމެރިކާގެ ގުޅުމުގެ ސިޔާސީ ބިންގަލަށް ވަރަށް ބޮޑަށް އަސަރުކުރާ ކަމެއް، އަދި ޗައިނާގެ އިސްތިގުލާލާއި ސަރަހައްދީ އެއްބައިވަންތަކަމަށް ވަރަށް ބޮޑަށް އަރައިގަންނަ ކަމެއް،” ޗައިނާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވެ އެވެ.
އެމެރިކާގެ އޮފިޝަލްގެ މި ދަތުރުފުޅަކީ “ޓައިވާން ސްޓްރެއިޓް ހުރަސްކޮށް ސުލްހައާއި ހަމަޖެހުމަށް ބުރޫއަރާ، އަދި ވަކިވަކިން އުޅޭ ބާރުތަކަށް ‘ޓައިވާން މިނިވަންކަމަށް’ ވަރަށް ގޯސް ސިގްނަލެއް ފޮނުވާ ކަމެއް” ކަމަށް މިނިސްޓްރީން އިތުރަށް ބުނެފައިވެ އެވެ .”
އަދި ޕެލޯސީގެ ދަތުރުފުޅުގެ އަލީގައި ބެއިޖިން އަޅަން ނިންމާފައިވާ ކަނޑައެޅިފައި ނުވާ “ފިޔަވަޅުތަކެއް” ކަމުގެ އިންޒާރު ވެސް މިނިސްޓްރީން ދީފައިވާއިރު، އެ ދަތުރުފުޅުގެ ސަބަބުން ކުރިމަތިވެދާނެ ނަތީޖާތަކުގެ ޒިންމާ ވޮޝިންޓަނުން ނަގަންޖެހޭނެ ކަމަށް ބުނެފައިވެއެވެ.
“އެމެރިކާގެ މަޖިލީހުގެ ރައީސްގެ ދަތުރުފުޅަށް ރައްދުދީގެން ޗައިނާއިން ކަނޑައެޅިގެން އެގައުމުގެ އިސްތިގުލާލާއި ސަރަހައްދީ ނަޒާހަތްތެރިކަން ސާބިތުކަމާއެކު ރައްކާތެރިކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެ. އެކަމުގެ ސަބަބުން ކުރިމަތިވާ ހުރިހާ ނަތީޖާއެއް އުފުލަން ޖެހޭނީ އެމެރިކާގެ ފަރާތުންނާއި ‘ޓައިވާން މިނިވަންކަން’ ގެ ވަކިވަކި ބާރުތަކުން،” ބަޔާނުގައިވެ އެވެ.
މި ދަތުރުފުޅާ ގުޅޭ ގޮތުން ގިނަ ދުވަސްތަކެއް ވަންދެން ބެއިޖިން އިން ތަކުރާރުކޮށް އިންޒާރު ދިން ނަމަވެސް މިރޭވަނީ ޕެލޯސީ ޓައިވާނަށް ވަޑައިގެންފަ އެވެ.
ޗައިނާގެ މުހިންމު ބައެއްގެ ގޮތުގައި ބެއިޖިން އިން ދެކޭ މި ޖަޒީރާ ގައުމު، ސްޕީކަރުގެ އޭޝިއާ ދަތުރުގެ ރަސްމީ މަންޒިލްތަކުގެ ތެރޭގައި ހިމެނިފައިވާއިރު، ސިންގަޕޫރު، މެލޭޝިއާ، ދެކުނު ކޮރެއާ، އަދި ޖަޕާން ހިމެނިފައެއް ނުވެ އެވެ.

