ޚަބަރު އެސިސްޓެންޓް އޮޑިޓަރު ޖެނެރަލްގެ މަގާމަށް ފަޒީލު އައްޔަން ކޮށްފި

އެސިސްޓެންޓް އޮޑިޓަރު ޖެނެރަލްގެ މަގާމަށް ފަޒީލު އައްޔަން ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެސިސްޓެންޓް އޮޑިޓަރު ޖެނެރަލްގެ މަގާމަށް ފަޒީލު އައްޔަން ކޮށްފި އެވެ.

ހުސްވެފައިވާ އެސިސްޓެންޑް އޮޑިޓް އޮފީހުގެ އެސިސްޓެންޓް އޮޑިޓަރު ޖެނެރަލްގެ މަގާމަށް އިބްރާހިމް ފަޒީލް އައްޔަނުކުރައްވައިފައި ވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.

ފަޒީލް އެ މަގާމަށް އައްޔަންކުރެއްވިއިރު އެ ދާއިރާގައި އޭނާވަނީ 15 އަހަރު މަސައްކަތްކުރައްވާފައެވެ. އަދި ކުރިން އޮޑިޓް އޮފީހުގެ އިސް މަގާމުތައް ވެސް ފުރައްވައިފައިވާ ފަޒީލް އެންމެ ފަހުން ހުންނެވީ އޮޑިޓް އޮފީހުގެ ފައިނޭންޝިއަލް އެންޑް ކޮމްޕްލަޔަންސް އޮޑިޓްގެ ޑިރެކްޓަރެއްގެ މަގާމުގައެވެ.

ފަޒީލް ތިން އަހަރު ވަންދެން ފިނޭންސް މިނިސްޓްރީގެ ސްޓޭޓް އިންޓާނަލް އޮޑިޓް ކޮމިޓީގައި މަސައްކަތް ކުރައްވާފައިވާއިރު އޭނާއަކީ ޗާޓާޑް އިންސްޓްޓިއުޓް މެނޭޖްމަންޓް އެކައުންޓް (ސީމާ)ގެ މެމްބަރެއް ވެސް މެއެވެ.

ފަޒީލް ވަނީ އިންޑިއާގެ ބެންގަލޫރު ޔުނިވާސިޓީން ކޮމާސްއިން ބެޗެލާޒް ޑިގްރީ ހާސިލުކުރައްވައި އަދި އިނގިރޭސިވިލާތުގެ ބާމިންގްހަމް ޔުނިވާސިޓީން އޮޑިޓް މެނޭޖްމަންޓް އެންޑް ކޮންސަލްޓެންސީއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވައިފައެވެ.

ޓެގް

އޮޑިޓަރޖެނެރަލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.