ޚަބަރު ތިލަމާލެ ބްރިޖުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ދިއްލީގައި ބާއްވަން ހަމަޖެހިއްޖެ

ތިލަމާލެ ބްރިޖުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ދިއްލީގައި ބާއްވަން ހަމަޖެހިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


ތިލަމާލެ ބްރިޖްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު، އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބާއްވާގޮތަށް ނިންމައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް އިންޑިއާއަށް ރައީސް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ބާއްވާ އެއް ރަސްމިއްޔާތަކީ ތިލަމާލެ ބްރިޖުގެ ބިންގާ އެޅުމަށް ބާއްވާ ރަސްމިއްޔާތުކަމަށެވެ.އެ ރަސްމިއްޔާތާއެކު މާލޭގައިވެސް ޚާއްޞަ ރަސްމިއްޔާތެއް އޮންނާނެކަމަށާއި، އެ ރަސްމިއްޔާތު ލައިވްކުރާނެކަމަށް ރައީސް އޮފީހުން ބުންޏެވެ. ރައީސް އިންޑިއާއަށް ފުރައިވަޑައިގަންނަވަނީ މާދަމާއެވެ.

ބްރިޖްގެ މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާރ ލިމިޓެޑުންނެވެ.

ތިލަމާލެ ބްރިޖްގެ ދިގުމިނަކީ 6.7 ކިލޯ މީޓަރެވެ. މި މަޝްރޫޢުގައި ހިމެނެނީ ބްރިޖް އަދި ލިންކިން ރޯޑް ތަކެކެވެ.

މުޅި މި މަޝްރޫޢުއަށް 500 މިލިއަން ޑޮލަރު ހޭދަވާނެއެވެ. އެއީ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި ދަޢުލަތުން ޚަރަދުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ތިލަމާލެ ބްރިޖްގެ އެންމެ ބޮޑު ބޭނުމަކީ އިޤްތިޞާދީގޮތުން ގްރޭޓަރ މާލެ ސަރަޙައްދު ގުޅާލުމެވެ. އިޤްތިޞާދީ ބޮޑު ހަބަކަށް މި ސަަރަޙައްދުވެގެން އައުމެވެ. މިހާރު އެއްބަސްވުން ޤާއިމުކޮށްފައި އޮތީ ތިލަފުއްޓާއި ހަމައަށް ބްރިޖުން ގުޅާލުމަށެވެ.

ނަމަވެސް މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ތިލަމާލެ ބްރިޖް ނިމޭނީ ގިރާވަރު ފަޅާއި ހަމައިންކަން ހާމަކުރައްވާފައެވެ. މި މަސައްކަތް މުޅިން ނިމޭއިރު ގިރާވަރު ފަޅުވެސް، މި ކަނެކްޓިވިޓީން ގުޅާލެވޭނެކަމަށެވެ.

ޓެގް

ތިލަމާލެބްރިޖް އިންޑިއާ ރައީސްއިބްރާހިމްމުޙައްމަދުޞޯލިޙު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.