ޚަބަރު ލިވާތުކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

ލިވާތުކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


އެއްޖިންސުން ޖިންސީ ގުޅުން ހިންގުން ނުވަތަ ލިވާތުކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ބަންގުލަދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގިރްއާއެކު ގިނަ އަދަދެއްގެ ބަޔަކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރުތަކުގެ ވީޑިއޯ ރެކޯޑްކޮށް އޭގެ ތެރެއިން ބައެއް ވީޑިއޯ ސޯޝަލް މީޑިޔާގައި ވަނީ ލީކްކޮށްލައިފައެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގެ ތަޙްޤީޤަށް އެމްޑީ އަލަމްގީރްއާއެކު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން މިހާތަނަށް ތަޙްޤީޤަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ގޮތުން 45 އަހަރުގެ ދިވެހި ފިރިހެނަކާއި 35 އަހަރުގެ ދިވެހި ފިރިހެނަކު މިހާރު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

އޭގެތެރެއިން އެކަކީ ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ކާނަލް މުޙައްމަދު ނަޝީދެވެ. ނަމަވެސް ދެވަނަ މީހާއަކީ އަދި ކާކުކަމެއް މުޅިއެކުން ކަށަވަރެއް ނުވެއެވެ.

ކާނަލް މުޙައްމަދު ނަޝީދު ހައްޔަރުކުރިއިރު، އޭނާކަމަށް ބެލެވޭ މީހަކު އަލަމްގީރާއެކު މާލޭގެ ކޮޓަރިއެއްގައި އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ޢާންމުވެފައެވެ.

އެނގިފައިވާ ގޮތުގައި ވީޑިއޯތަކުން ފެންނަ ނާޒިމް ޢަބްދުއްސައްތާރު ހައްޔަރުކުރަން ފުލުހުން ވަނީ ޢަމުރު ހޯދައިފައެވެ. އެނގިފައިވާ ގޮތުން މިރޭގެ ވަގުތެއްގައި އޭނާ ހައްޔަރުކުރާނެއެވެ. އޭނާ މިހާރު ހުރީ ފިލައިގެން ގޮސް އއ.އަތޮޅުގެ ރިސޯޓެއްގައިކަމަށް ވެސް ވަނީ އެނގިފައެވެ.

ޓެގް

ލިވާޠު އަލަމްގިރި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.