ބަނގުރާ ބޯ މީހުން އަވަހަށް މުސްކުޅިވޭ: ދިރާސާ
އަލްކޮހޯލް ބޭނުންކުރާ މީހުން އެ ބޭނުން ނުކުރާ މީހުންނަށްވުރެ އަވަހަށް މުސްކުޅީވާކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފިއެވެ.
އެންމެންވެސް އެއްބަސްވާ ފަދައިން އަލްކޮހޯލް އަކީ ތިބާއަށް ފައިދާހުރި އެއްޗެއް ނޫނެވެ. ކުރީގެ ދިރާސާ “ގްލޯބަލް ބުރަދަން އޮފް ޑިޒީޒަސް” އިންވެސް ދައްކާ ގޮތުގައި އަލްކޮހޯލް އަކީ އުމުރުން 40 އަހަރު ނުފުރޭ މީހުންނަށް ވަކިން ހާއްސަކޮށް ގެއްލުން ދޭ އެއްޗެކެވެ. އަދި މި ދިރާސާއިން އެނގުނު ގޮތުގައި އަލްކޮހޯލް ބުއިމަކީ ޒުވާނުންނާއި، ފުރާވަރު އުމުރުގެ ކުދިންގެ ސިކުނޑި ތަރައްގީ ކުރުމުގައި ސިކުނޑީގެ ދުވެލި މަޑުކޮށްދޭ ކަމެކެވެ.
ނަމަވެސް މި ހުރިހާ ދިރާސާއަކުން ވެސް މި ނުބައި ނަތީޖާތަކުގެ ހަގީގީ ޒިންމާ އުފުލަން ޖެހޭ ބަޔަކީ އަލްކޮހޯލް ބޭނުންކުރާ މީހުންތޯ ނުވަތަ އިޖުތިމާއީ ސިއްޙީ އަދި އިގުތިސޯދީ ހާލަތަށް ބެލުމެއްނެތި އެފަދަ ނުބައި އާދައަކަށް އިންސާނުން ގެންދިއުމަށް ދައުވަތު ދޭ ފަރާތްތައް ތޯ މިއީ އޭރުވެސް މިހާރުވެސް ކުރެވުމުންދާ ބަހުސެކެވެ.
ފަހުން ހެދި ދިރާސާއަކީ ޖެނެޓިކް ބޭސްޑް އައު ތަހުލީލެއް
އޮކްސްފޯޑް ޕޮޕިއުލޭޝަން ހެލްތުގެ ދިރާސާކުރާ ފަރާތްތަކުން މިހާރު ވަނީ ޖެނެޓިކް ބޭސްޑް އެނަލިސިސްއެއްގެ ނަތީޖާ ހުށަހަޅާފަ އެވެ.
“މި ހޯދުންތަކުން ތާއީދުކުރަނީ އަލްކޮހޯލް، ޚާއްސަކޮށް މާގިނައިން ހަކުރު އެކުލެވޭ މިންވަރުގެ ސަބަބުން އުމުރުން ދުވަސްވުމުން ޖެހޭ ވަރަށް ގިނަ ބަލިތައް ކަމަށްވާ އަލްޒައިމާސް ބަލި ފަދަ ބަލިތައް ޖެހުމަށް މެދުވެރިވެދާނެ ފަދަ ރިސްކް ފެކްޓާތަކެއްގެ ގޮތުގަ އެވެ. އަޅުގަނޑުމެންގެ ނަތީޖާއިން އިތުރު މައުލޫމާތު ފޯރުކޮށްދެނީ ހަކުރު ބަލީގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތްކުރާ ކްލިނިކަލް އަދި ޕޭޝަންޓުންނަށެވެ. މީގެ އިތުރުން، އަލްކޮހޯލް އެކުލެވޭ ބުއިން މަދުކުރުމަކީ ވެސް ފައިދާތަކެއް ކޮށްފާނެ ކަމެއް،” އޮކްސްފޯޑް ޕޮޕިއުލޭޝަން ހެލްތުގެ ޑޮކްޓަރު އާނިޔާ ޓޮޕިވާލާ ވިދާޅުވި އެވެ.
މެންޑެލިއަން ރެންޑަމްލައިޒޭޝަން (އެމްއާރް)
މި ދިރާސާގައި ދިރާސާކުރި ފަރާތްތަކުން ވަނީ އިނގިރޭސިވިލާތުގެ ބަޔޯބޭންކްގައި 245،000 އަށް ވުރެ ގިނަ ބައިވެރިންގެ ގައިގައި އަލްކޮހޯލް އިންޓޭކް އާއި ބައިއެމިރީ ދިގުމިން ހުރި ގޮތް ބެލުމަށް މެންޑެލިއަން ރެންޑަމްލައިޒޭޝަން (އެމްއާރް) ނަމަކަށް ކިޔާ ޖެނެޓިކް އެޕްރޯޗެއް ބޭނުންކޮށްފަ އެވެ.
ބަނގުރާ ބުއިމާއި ކްރޮމޮޒޯމްސް ބައިތަކާ ދެމެދު ވަރުގަދަ ގުޅުމެއް ވާކަން އެ މީހުންނަށް ވަނީ ފެނިފަ އެވެ. “ހަފުތާއަކު 6 ޔުނިޓަށް ވުރެ މަދުން ބަނގުރާ ބުއިމާ އަޅާބަލާއިރު (ގާތްގަނޑަކަށް 250 އެމްއެލްގެ ބޮޑު ދެ ބިއްލޫރި ރާ) ހަފުތާއަކު 29 ޔުނިޓަށް ވުރެ ގިނައިން (ވޮލިއުމް ވައިން 14% އަލްކޮހޯލްގެ ގާތްގަނޑަކަށް 10 250 އެމްއެލް ގެ ބިއްލޫރި) ބުއިމަކީ، ކްރޮމޮޒޯމްސް ގެ ދިގުމިނަށް އަންނަ ބަދަލާ ގުޅުން ހުރި ކަމެއް،” ދިރާސާވެރިންގެ ބަޔާނުގައި ލިޔެފައިވެ އެވެ.
މީގެ އިތުރުން އެމީހުން އިތުރަށް ބުނީ، މި ކަމުގެ އަސަރު ފެނިފައިވަނީ ހަމައެކަނި އަލަށް ރާބޯ މީހުންނަށް ކަމަށާއި، މީގެ ކުރިން ނުވަތަ އާދަވެގެން ރާބޯމީހުން ނޫން ކަމަށާއި، އެމްއާރް އެނަލިސިސްގައި އެންމެ ނުފޫޒުގަދަ ޖެނެޓިކް ވޭރިއަންޓަކީ އަލްކޮހޯލް މެޓަބޮލިޒަމް ޖީން އެއް ކަމަށްވާ އޭޑީ1އެޗްބީ ކަމަށެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި، ކްރޮމޮޒޯމްސްގެ ބައެއް ބައިތަކުގެ ދިގުމިނަށް އަލްކޮހޯލްގެ ނުފޫޒު ފޯރާފައިވަނީ، އަލްކޮހޯލް ބޭނުންކުރުމުގެ ސަބަބުން އިތުރުވާ އޮކްސިޑޭޓިވް ސްޓްރެސް އާއި އިންފްލެމޭޝަންގެ ސަބަބުންނެވެ.
“ބަނގުރަލުގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް ކުރާ އަސަރުތައް ދިރާސާކުރާ ހުރިހާ ދިރާސާތަކަށް މަރުހަބާ ކިޔާއިރު، މި ހާއްސަ ދިރާސާއިން ދައްކުވައިދެނީ ބަނގުރާ ބުއިމާއި އުމުރުން ދުވަސްވުމުން ޖެހޭ ބަލިތަކާއި، ބަނގުރަލާއި އަލްޒައިމާސް އާ ދެމެދު އޮތް ގުޅުމަށް އިޝާރާތްކުރާ ކަމެވެ.
ދިރާސާކުރާ ފަރާތްތަކުން ދެފުށް ފެންނަ ގޮތަށް މި ދިރާސާއަކީ ކޯޝަލް ލިންކެއްކަން ސާބިތުކޮށްނުދޭ އިރު، މި ދިރާސާގައި ބައޮލޮޖިކަލް މެކޭނިޒަމް ގެ ސަބަބުން ކުރިމަތިވެދާނެ ކަމަށް ބެލެވޭ ކަންތައްތަކާ މެދު ވެސް ވަރަށް ރަނގަޅަށް ޖަދަލުކޮށް ވާހަކަ ދައްކާފައި ވެ އެވެ.
އާންމު ގޮތެއްގައި، އަލްކޮހޯލްގެ ސަބަބުން މިހާ ގިނަ އަދަދަކަށް ސިއްހަތު ގޯސްވެ، މިހާ ގިނަ އަދަދެއްގެ މީހުން މަރުވާ ގޮތް ދައްކުވައިދޭ ސައިންސްގެ ބޮޑު ހަޤީޤަތެއް އެބަ އޮތް،” އަލްކޮހޯލް ޗޭންޖް ޔޫކޭގެ ޗީފް އެގްޒެކެޓިވް ޑރ ރިޗާޑް ޕައިޕަރ ނިންމަވާލައްވަމުން ވިދާޅުވި އެވެ.


