ޚަބަރު ދިވެހިންނަކީ އަބަދުމެ މިނިވަންކަމަށް ލޯބިކުރާ ބައެއް: ނަޝީދު

ދިވެހިންނަކީ އަބަދުމެ މިނިވަންކަމަށް ލޯބިކުރާ ބައެއް: ނަޝީދު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


ދިވެހިންނަކީ އަބަދުމެ މިނިވަންކަމަށް ލޯބިކުރާ ބައެއްކަމަށާއި، މިކަން ދިވެހިނ ދޫނުކުރާނެކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ 57 ވަނަ މިނުިވަންދުވަހާއި ގުޅުގެން ދުވަހުގެ ތަހުނިޔާ ވިދާޅުވެ ކުރެއްވި ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވީ ދިވެހިންނަކީ އަބަދުމެ މިނިވަންކަމަށް ލޯބިކުރާ ބައެއްކަމަށެވެ. އެ މިނިވަންކަން ހޯދުމާއި އަދި ދެމެހެއްޓުމަށް ޤުރުބާންވާބައެއްކަމަށާއި، މިގޮތް އަޅުގަނޑުމެން ދިވެހިން ދުލެއް ނުކުރާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަން ދުވަހާއި ގުޅިގެން ރައީށް ނަޝީދު މިހެން ވިދާޅުވެފައިވާއިރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ޤައުމާއި މުޚާޠަބުކުރައްވާ ވަނީ ދިވެހި ދައުލަތުގެ އެންމެ އިސް ޒިންމާއަކީ ގައުމުގެ އަމިއްލަ ވެރިކަމާއި މިނިވަންކަން ދެމެހެއްޓުން ކަމަށާއި، ސަލާމަތީ ބާރުތަކުގެ ރެއާއި ދުވާލު ކެނޑިނޭޅި ކުރައްވަމުން ގެންދަވަނީ އެ މަސައްކަތް ކަމަށް ވިދާޅުވެފައެވެ.

މިއަދު ގައުމާ މުޚާތަބުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ ފާއިތުވެދިޔަ އަހަރުގެ މިނިވަން ދުވަސް ދިވެހިންނާއި ބައްދަލުކުރި އިރު ހާލަތު ވަރަށް ތަފާތުކަމަށާއި، ކުރިމަތިވަމުން އިޖުތިމާއީ ދަތިތަކާއި ކުރިމަތިވަމުންއައި އިގްތިސާދީ ގޮންޖެހުންތައް ގިނަ ކަމަށެވެ. އެހެންނަމަވެސް ކޯވިޑްގެ ދެ އަހަރަށްފަހު އިރާދަފުޅުން މިއަދު އެ ހާލަތު ބަދަލުވަމުންދާ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ ދިވެހި ރައްޔިތުން ދެއްކެވި އެބައިވަންތަ ނަމުނާގެ ހެޔޮ ނަތިޖާ ކަމުގައެވެ.

ޓެގް

މިނިވަންދުވަސް ރައީސް ނަޝީދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.